މަޖިލީހުގައި ޝަރީފު ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Mar 2023 | 10:26
ޖަލުން ސަލާމަތްވާން ވެގެން ނަޝީދުވެސް އަދީބާއެކު ވަގު ޑީލު ހެދި: ޝަރީފު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ ތެރެއިން ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ނަންގަވާފައިވާކަމަށާއި، އެމަނިކުފާނުގެ މައްޗަށް އޭރު އިއްވާފައިވާ ޖަލު ހުކުމުން ސަލާމަތްވުމަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މޭސްތިރިޔާ އަހުމަދު އަދީބާއެކު ޑީލު ހެއްދެވިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތުކުރައްވައިފި އެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އެ ޚިޔާނާތުގައި ބައިވެރިވި އަހުމަދު އަދީބާއެކު ނަޝީދު ޑީލު ހައްދަވާފައިވާކަމަށެވެ. އަދި ނަޝީދު ޑީލު ހެއްދެވީ ޖަލުން ސަލާމަތްވާންވެގެން ކަމަށް ޝަރީފު ވިދާޅުވި އެވެ. 

"އެމްޑީޕީގެ މެމްބަރުންގެ ބޮލުގައި ކަރަޕްޝަންގެ ތުހުމަތު އަޅުވާއިރު އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ އެމްޑީީޕީގެ އެއްވެސް މެމްބަރަކީ އޭރު އަދިބާއެކު ނުވަތަ ސަރުކާރާއެކު ޑީލެއް ހެދޭނެ މީހެއް ނޫން. އޭރު ހެއްދެވި ހުރިހާ ޑީލެއްގެ ޒިންމާ އުފުއްލަވަން ޖެހޭނީ އޭރު އެ ޕާޓީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ދަންނަވަނީ މި ކެރިހުރެ.. އެއީ ޖަލުން ސަލާމަތްވާން ވެގެން، ވަރަށް ސާފު ހަމަ ޖަލުން ސަލާމަތްވާން ވެގެން"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 

ޝަރީފު ވިދާޅުވީ އޭރު ނަޝީދު އަދީބާއެއްކޮށް ހެއްދެވި ޑީލުތަކުގެ ފައިސާ ބައްލަވައިގަތުމަށް ވަޑައިގަތް އެއް ބޭފުޅަކީ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله ގެ ފިރިކަލުން ކަމަށެވެ. އޭގެ އިތުރުން މެމްބަރު ހަސަން ލަތީފާއި އެމްޑީޕީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒުވެސް ޑީލުގެ ފައިސާ ބައްލަވައިގަތުމަށް ބަޑައިގެންކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްއެމްޕިއާރުސީގެ ޚިޔާނާތުގައި ޝާމިލުވި މީހުންގެ ލިސްޓު ނިކުތްއިރު، އެއިން ބޭފުޅެއްގެ ނަން ހިމަނާފައިވެސް ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

"އެމްޑީޕީގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ލިބުނުގޮތުގައި ފައިސާ ބަލައިވަޑައިގެން އެއްބޭފުޅަކީ މި އިންނެވި ނައިބުރައީސް (އީވާ އަބްދުالله) ގެ ފިރިކަލުން ސާބެ. ދެން މި އިންނެވި ހަސަން ލަތީފު، ދެން އެމްޑީޕީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒު. މިބޭފުޅުންގެ ވާހަކަ ނެތޭ ލިސްޓުގައެއް"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 

ޝަރީފު ވިދާޅުވީ މާބޮޑެތި ނަޒާހަތްތެރިންނަށް ހެދެން އުޅުއްވި ނަމަވެސް ނަޝީދުގެ ފިކުރެއްގެ ދިރުން ގޮފީގައި ވެސް ތިއްބެވީ ހުސްވެސް ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައި ތިއްބެވި ބޭފުޅުން ކަމަށެވެ. 

އޭނާ ވަނީ އަދީބާއެކު ނަޝީދު ހެދި ޑީލުގެ "ވަގު ލިޔުން" ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން އެމީހުން ބޭނުންވާ ބަޔަކު ހިމަނައިގެން ލިސްޓެއް އެކުލަވާލުމަކީ، ނަޝީދާއި އޭނާގެ ވަފާތެރިން އެ ޚިޔާނާތުގައި ބައިވެރި ނުވާކަމަށް ހެދޭނެ ކަމެއް ނޫންކަމަށް ޝަރީފު ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުމުގައި ތިއްބެވި ބޭފުޅުން މާބޮޑަށް ހުދު ތާކިހާ އަޅައިގެން ތިއްބެވި ނަމަވެސް އެއިން ބޭފުޅަކީވެސް މި ކަރަޕްޝަނުން ސަލާމަތްވެފަ ތިބި ބައެއް ނޫން. ވަރަށް ސާފު"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 

ޝަރީފު މިފަދައިން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ފަރާތްތަކުގެ ލިސްޓުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ބައެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ދެފެކްޝަނުގެ މެމްބަރުންވެސް ހިމެނެއެވެ. 

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަޅު ދަބަހެއްގައި އަދީބުގެ އަތުން 37 މިލިއަން ރުފިޔާ ރެހެންދި ފްލެޓުން ގެންގޮސްފައިވާކަމަށް މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ހާމަކުރައްވާފަ އެވެ. 

އެހެން ނަމަވެސް، މިއިން އެއްވެސް މީހެއްގެ މައްސަލައެއް މިހާތަނަށް ބަލާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް