މެމްބަރު ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Mar 2023 | 11:05
ކުރީ ސަރުކާރުގެ މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަން: ހުސައިން

ކުރީ ސަރުކާރުގެ މަޝްރޫއުތައް އަމިއްލަކޮށް، އެ މަޝްރޫއުތަކުގެ ފުލް ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަންކަމަށް މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ. 

ސެންބެ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރތަމަ ދައުރުގެ 18 ވަނަ ޖަލްސާއަށް ރިޔާސަތުން ހުށައެޅި ގޯޕެކްގައި މަޖިލީހުން ބައިވެރިވުމާއި ގުޅޭ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. 

އެ މަޢުލޫއަށް ވާހަކަދައްކަވަމުން ސެންބެ ވިދާޅުވީ އެންމެ ގަދައަށް ކޮރަޕްޝަން ހިންގަނީ އަދަބުވެސް އެކަމާއި ދެކޮޅަށް އެންމެ އަޑުހަރުކޮށް ވަކާލާތު ކުރާ މީހުންކަން މި ސަރުކާރުގެ މަތީ ފަޑިން ފެށިގެން ތިރިއަށް ބަލާލުމުން ހާމަވެގެންދާ ކަމަށެވެ. 

ސަރުކާރުން ވައްކަން ކުރަމުންދަނީ ހަމައެކަނި ފައިސާއިން ނޫން ކަމަށާއި، އެމީހުންނަށް ނިސްބަތްނުވާ މަޝްރޫއުތަކުން ވެސް ވައްކަން ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ފަރެސްމާތޮޑާގެ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ފައްޓަވާދެއްވި މަޝްރޫއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވިދާޅުވުމަށްފަހު، އެ މަޝްރޫއު ނިމި އެއާޕޯޓު ހުޅުވަންވީމަ، މަޝްރޫއުގެ ހުރިހާ ކްރެޑިޓެއް އަމިއްލަފުޅަށް ނަންގަވާފައިވާކަމަށް ސެންބެ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އޭނާ ވީދާޅުވީ އެއީވެސް ކޮރަޕްޝަން ކަމަށެވެ. 

"ފަރެސްމާތޮޑާގެ އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވިގެންދާއިރު الله އިރާދަކުރެއްވިއްޔާ އޭގެ އުފާ އެދާއިރާގެ ރައްޔިތުންނަށް ލިބިގެންދާނެ. ރައީސް ޔާމީން ފެއްޓެވި މަޝްރޫއެއްކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެރަށަށް ވަޑައިގެން ކެމްޕޭނުގައި އެމްޑީޕީ ޖަގަހައިގަ ވިދާޅުވި ރައީސް ޔާމީން ފެއްޓެވި މަޝްރޫއު ތިމަންނަ އިރާދަކުރެއްވިއްޔާ ނިންމަވާ ދެއްވާނަމޭ. އެކަން އެހާ ސާފުކޮށް ވިދާޅުވެފަ އޮއްވާ މިއަދު އެމްޑީޕީން އޭގެ ހުރިހާ ކްރެޑިޓެއް ނަގަމުންދާތީ، އެ މަސައްކަތް ކުރަމުންދާތީ އިއްޒަތްތެރި ރައީސް.. އެއީވެސް ކޮރަޕްޝަން"

މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު

ސެންބެ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ ފަންޑު ހޯއްދަވާ އެއާޕޯޓާއި ގުޅޭ ހުރިހާ ޕްލޭނެއް އެކުލަވާލާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

އެއާއެކު ފަރެސް-މާތޮޑާ ދެ އަވަށުގެ ދެމެދުގައި އޮތް ހުސްތަން ހިއްކަވާދެއްވުމަށް އެމަނިކުފާނުގެ ޒައާމަތުގައި ބަޖެޓު ކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

އެހެން ނަމަވެސް ވެރިކަން ބަދަލުވި ހިސާބުން އެ ފައިސާއަށް ވީ ނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ސެންބެ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ މަޝްރޫއުތަކުން ވައްކަންކޮށް މި ސަރުކާރުން ކޮރަޕްޝަން ހިންގާކަން ދައްކުވައިދޭ ކުޑަ މިސާލެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.