ޖޭއެމްސީގެ މުވައްޒަފުން އިންޑިޔާ އެމްބަސީ ކައިރީގައި: ފޮޓޯ/ ވޮއިސް
ހަބަރު
29 Mar 2023 | 13:59
ޖޭއެމްސީގެ މަސައްކަތްތެރިން އިންޑިއާ އެމްބަސީ ކައިރިއަށް އެއްވެ އިހްތިޖާޖު ކޮށްފި

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކުރާ މުވައްޒަފުން އިންޑިއާ އެމްބަސީ ދޮށަށް އެއްވެ އިހްތިޖާޖު ކޮށްފި އެވެ. 

ޖޭއެމްސީގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެނޫންވެސް މައްސަލަ ތަކާއި ގުޅިގެން އެ މުވައްޒަފުން އިހުތިޖާޖު ކުރާތާ 3 ދުވަސް ވެއްޖެއެވެ. އެގޮތުން އިއްޔެވެސް މުވައްޒަފުން އިހްތިޖާޖު ކޮށް ހަމަނުޖެހުން ހިންގާފައިވާއިރު، ފުލުހުން ވަނީ އެ އިހްތިޖާޖު ރޫޅާލާފައެވެ. 

އަދި މިއަދުވެސް އެ ކުންފުނީގެ މުވައްޒަފުން އިންޑިޔާ އެމްބަސީ ދޮށަށް އެއްވުމުން، ފުލުހުން ނުކުމެ ވަނީ އިހްތިޖާޖުގެ ބައިވެރިން ފޮނުވާލާފައެވެ. 

"ވޮއިސް" އަށް މައުލޫމާތު ދެމުން ޖޭއެމްސީގެ މުވައްޒަފަކު ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ މައިގަނޑު ޝަކުވާއަކީ މުސާރަ ނުދިނުމުގެ މައްސަލައާއި، ރަނގަޅަށް ކާން ނުދިނުމާއި، ބޭސްފަރުވާގެ މައްސަލަ ކަމަށެވެ. 

އަދި މީގެ އިތުރުން، އިއްޔެގެ މުޒާހަރާގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާ، އޭނާ އަދިވެސް ދޫކޮށް ނުލާ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، ހަތަރު ގަޑި އިރުތެރޭގައި އޭނާ ދޫކޮށްލާނެ ކަމަށް އިއްޔެ ފުލުހުން ބުނެފައިވާކަން އޭނާ ފާހަގަކުރި އެވެ. 

އެހެންކަމުން، އެމްބަސީ ދޮށަށް އެއްވީ އޭނާ ހައްޔަރުގައި ބަހައްޓާ މައްސަލާގައި ކަމަށްވެސް އޭނާ ބުންޏެވެ. 

މީގެ ކުރިންވެސް މުސާރަ ނުދީގެ ޖޭއެމްސީ މުވައްޒަފުން ހަޅުތާލުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.