ބޮންޑާ މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
30 Mar 2023 | 06:08
ޑްރަގްކެފޭ އިސްތިހާރުކުރީ ހޯމް މިނިސްޓްރީއާއި ފުލުހުން: ބޮންޑާ

ޑްރަގް ކެފޭތަކުގެ ގޮތުގައި މާލޭގައި ހިންގަމުންދާ ތަންތަން އިސްތިހާރުކުރީ ހޯމް މިނިސްޓްރީއާއި ފުލުހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑެ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ޑްރަގާއި ދެކޮޅަށް މަސައްކަތް ކުރާނެކަމުގެ ވައުދުވެގެން ކަމަށެވެ. އެހެން ނަމަވެސް، މި ވެރިކަމުގައި ޑްރަގު އާންމުކޮށްފައިވާ ކަމަށާއި ޑްރަގު އާންމުވާ މައްސަލައަށް ސަރުކާރުން އަޅާވެސް ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮންޑެ ވިދާޅުވީ މާލޭގައި ޑްރަގް ކެފޭތައް ހިންގާ ކަމަށާއި އެ ތަންތަނާއި ބެހޭ މައުލޫމާތުތައް ހޯމް މިނިސްޓްރީންނާއި ފުލުހުން ފޯރުކޮށްދީ އެ ތަންތަން އާންމުކޮށްފައިވާ ކަމަށެވެ. ކަންކަން މަތީގައި މަސްތުވާތަކެތި ވިއްކުމަށް ތުއްތު ކުދިން ތިބޭކަން އެ މުއައްސަސާތަކަށްވެސް އެނގޭ ކަމަށާއި، އެހެން ނަމަވެސް އެކަންކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާކަމަށް އޭނާ ވިދާޅުވި އެވެ. 

"މާލޭގައި ޑްރަގު ކެފޭ ހަދާ އިސްތިހާރުކޮށްފި. މި ހޯމް މިނިސްޓްރީން އިސްތިހާރު ކުރީވެސް. ފުލުހުންވެސް އިސްތިހާރު ކުރަނީ. ޑްރަގު ކެފޭ އެއީ މާލޭގައި ހުންނަ އެއްޗެއް ކަމާއި.. އަޅުގަނޑު ތަކުރާރުކޮށް ފުލުސް އޮފީހަށް ކޮމިޝަނާ އޮފް ޕޮލިހަށްވެސް ހިސާބުގަނޑު ތަންތަނުން މަސްތުވާތަކެތީގެ މައްސަލައިގެ ޝަކުވާތައް އަންނާތީ ގޭގޭދޮށުގައި ބޯތީވެ ޝަކުވާކުރީމަ އަޅައެއް ނުލައޭ އިއްޒަތްތެރި ރައީސް، ސަރުކާރެއް އޮތް ހެން ހީވެސް ނުވޭ"

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ބޮންޑެ އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދީ އެމީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ފަރުވާ ދިނުމާއި ބެހޭ ގަވައިދުތައް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކުލަވާލެވިފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެ ގަވައިދުތަކާއި ގާނޫނު ތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ހެދިފައިވާ ގަވައިދުތަކަށް ވީތީ އެ ގަވައިދުތައް ތަންފީޒު ނުކުރާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވަމުންދާކަމަށް ބޮންޑެ ވިދާޅުވިއެވެ. 

އޭގެ އިތުރުން ބޮންޑެ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅުވެސް އަޅަމުން ނުދާކަމަށެވެ. ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު މސްތުވާތަކެތި ބޭނުން ކުރި މައްސަލައިގައި ގެއަށް ފޮނުވާލާފައިވާކަން ފާހަގަކޮށް ބޮންޑާ ވިދާޅުވީ ސިޔާސީ މީހެއްވިޔަސް މަސްތުވާތަކެތި ބޭނުންކުރުމުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރަށް ތާއީދު ކުރާތީ ނުވަތަ ސިޔާސީ ފަރާތަކަށް ވީތީ ފިޔަވަޅު ނާޅާ ދޫކޮށްލާއިރު، ޑްރަގުގެ ވިޔަފާރި ކުރާ ފަރާތްތައްވެސް ސަރުކާރުން ދޫކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

ރާއްޖޭގައި ޑްރަގު އާންމުވެފައި އޮތް މިންވަރަށް ބަލާއިރު މިތަނުގައި ދައުލަތެއް އޮތް ކަމުގެ އިހުސާސްވެސް ނުކުރެވޭކަމަށް ބޮންޑެ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.