ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާ/ ފޮޓޯ: ވޮއިސް
ހަބަރު
06 Apr 2023 | 11:53
ބަހާނެ އެއްޗެއް ނެތް، އޮތީ ބޭބެގެ ލެގަސީ ދެމެހެއްޓުން: ރިޒާ

ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރުމަށް މާއްދީގޮތުން މީހުންނަށް ބަހާނެ އެއްޗެއް ނެތް ކަމަށާއި، ނިކުމެ ވަޑައިގެން ހުންނެވީ މީގެ ކުރިން އެ ދާއިރާގެ ތަމްސީލުކުރެއްވި މަރުޙޫމު އިބްރާހިމް ރިޒާ ގެ ލެގަސީ ދެމެހެއްޓުމަށްކަމަށް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް ތަމްސީލުކުރައްވާ ހުސެއިން ރިޒާ ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ އިންތިޚާބުގެ ކެމްޕޭނުތެރޭގައި މި އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އެމްއެންޕީން ދާއިރާގެ މެމްބަރުންނަށް ފައިސާ ބަހާ، ވޯޓު ގަތުމުގެ މަސައްކަތް ކުރާކަމަށް ތުހުމަތުތައް ކުރެވެމުންދާއިރު، އެކަން ފާހަގަކުރެވިފައިވޭތޯ އައްސަވާ ކުރެއްވި ސުވާލަކަށް ޗެނަލް-13 ގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ. 

ރިޒާ ވިދާޅުވީ އޭނާގެ މަރުޙޫމު ބޭބެ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ އަދި އެންމެ ފުރަތަމަ ގުރައިދޫ ދާއިރާގެ މަޖިލީސް ގޮނޑިއަށް ނިކުމެ ވަޑައިގަތީ ހުސް އަތާ ކަމަށެވެ. 

އެހެން ނަމަވެސް، ދާއިރާގެ ރައްޔިތުން މަރުޙޫމު ރިޒާއަށް ވޯޓުދެއްވީ އެމަނިކުފާނުގެ ކިބައިގައި ހުރި ރިވެތި އަޚުލާޤާއި ދާއިރާގެ ރައްޔިތުންނާއި ދޭތެރޭ ބެހެއްޓެވި ގާތްކަމާއި އޯގާތެރިކަމުގެ ސަބަބުންކަމަށް ރިޒާ ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ އެމީހުންނަށް އިންތިޚާބާއި ދިމާކޮށް ފައިސާ ދޭނެ ފަރާތެއް ނޫން ކަމަށެވެ. ގުރައިދޫ ދާއިރާގެ ރައްޔިތުންނަކީ އެއްވެސް އިރެއްގައި ފައިސާގެ ނުފޫޒުގައި ޖެހިވަޑައިގެން ބައެއް ނޫން ކަަމަށާއި އެ ބޭފުޅުން ބޭނުންފުޅުވަނީ އޯގާތެރިކަމާއެކު ރައްޔިތުންނާއި ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރާނެ ފަރާތެއްކަމަށް ރިޒާ ވިދާޅުވި އެވެ. 

"އިންތިޚާބުތަކާއި ބެހޭގޮތުން އަރަމުންދާ އަޑުތަކަށް ބަލާއިރުގައި، ޕާޓީތަކުން ބޮޑެތި ހޭދަތައް ކުރުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން އަތުގައި ނެތް ހަގީގަތުގައިވެސް ބަހާނެ އެއްވެސް އެއްޗެއް. ދާއިރާގެ ރައްޔިތުން ބޭނުންވާގޮތުގައި މި ގޮނޑި ދެމެހެއްޓުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ބޭފުޅުން ޤަބޫލުކުރަނީ މަރުހޫމު ރިޒާގެ ކިބައިގައި ހުންނަ ސިފަތައް، އޯގާތެރިކަމާއި ހިތްހެޔޮކަމާއި އެބޭފުޅުންނާއި އޮންނަ ގާތް ގުޅުމާއި، 15 އަހަރުވެގެންދާއިރު މި ގުޅުން މިހެން ދެމިއޮތުމުގެ އެންމެ ބޮޑު ސަބަބަކީ މަރުހޫމު ރިޒާ ދާއިރާގެ ބޭފުޅުންނާއި ބެހެއްޓެވި ގާތްކަން. އެހެންވީމަ އެބޭފުޅުން ބޭނުމެއް ނުވޭ މި ގޮނޑި އެހެން ގޮތަކަށް ބަދަލުވެގެން ދާކަށް"

ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާ

ރިޒާ ވިދާޅުވީ މި އިންތިޚާބުގައި ކުރިމަތިލައްވާފައި ދެން ތިއްބެވި ދެ ބޭފުޅުންނަށް ވުރެ ގާތް ގުޅުމެއް އެމަނިކުފާނު ރައްޔިތުންނާއެކު ބާއްވާނެ ކަމަށެވެ. އަދި ބޭބެ ދެއްކެވި މަގުން ރައްޔިތުންނަށް އޯގާތެރި ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ. 

ކުރިއަށް އޮތް ރިންތިޚާބުގައި ފައިސާގެ ދަޅަ ދައްކައިގެން ރައްޔިތުންގެ ވިސްނުން އަނބުރާ ލެވިދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށާއި، ގުޅި ގުރައިދޫ މާފުށީގެ ރައްޔިތުންގެ ހިތްތަކުގައި އެ ދާއިރާ މީގެ ކުރިން ތަމްސީލުކުރެއްވި މެމްބަރު އިބްރާހިމް ރިޒާއަށް އޮތީ އެ ދާއިރާގެ ގޮނޑި ފައިސާއަށް ވިއްކާލާވަރަށް ވުރެ މާ މަތިވެރި ދަރަޖައެއް ދެއްވާފައިކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ކެޔޮޅުބެ
ބޭބެ ކޮއްދިނި ކޮންކަމެއްތަ؟ ބޭބެގެ ދައުރުގަ ކޮއްދިން ކަމެއް ކޮއްފަ އޮތީ ބޭބެގެ ރަށައް. މާފުށި ގުޅި. އޮތީ ބާކީ ކޮށްފަ ތިބުނާ ބޭބެ.
06 Apr 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.