ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ވޮއިސް
ހަބަރު
06 Apr 2023 | 12:00
ސަރުކާރުން އުޅެނީ ކޮމަންޑޫ އިންތިޚާބަށް ހެދިގޮތް ގުރައިދޫ އިންތިޚާބަށް ހަދަން: އިދިކޮޅު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އަމަލުކުރަމުންދަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ކަންކަން ކުރިގޮތަށްކަމަށް އިދިކޮޅުން ބުނެފި އެވެ. 

އިދިކޮޅުން މިފަދައިން ބުނެފައިވަނީ ގުރައިދޫ ދާއިރާގެ އިންތިޚާ.ބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

ގުރައިދޫ ދާއިރާގެ އިންތިޚާބާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް އިދިކޮޅު ކޯލިޝަނުން މާފުށީގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ސަރުކާރުން މި އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އަމަލުކުރަމުންދަނީ ކޮމަންޑޫ އިންތިޚާބަށް ނުފޫޒުފޯރުވުމަށްޓަކައި އަމަލުކުރި ގޮތާއި އެއްގޮތަކަށް ކަމަށެވެ. 

ސަރުކާރު އޮތީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގައި ހައްދުފަހަނަ އަޅާފައި ކަމަށާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުންިތައް މެދުވެރިކޮށް މަސައްކަތްތައް ކުރަމުންދާކަން އިދިކޮޅުގެ ސަމާލުކަމަށް އައިސްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަމުގެ ކޮންމެސްވަރެއްގެ ތަފްސީލުތަކެއްވެސް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. 

"މި ސަރުކާރަކީ ނުފޫޒު ފޯރުވުމުގައި މިހާތަނަށް ތާރީހު ނުދެކޭފަދަ ސަރުކާރެއް. މި އިންތިޚާބުގައިވެސް ނުފޫޒުގެ ބޭނުން ދަނީ އިންތިހާއަށް ކުރަމުން. އޭގެ ތެރޭގައި މާފުށިން ގޯތި ދޫކުރުން. ގުޅިން ބިން ހިއްކުން މިހެން ގޮސް ކުރެވެން ކުރި ހުރިހާ ކަމެއް ކުރާނެ، އެއީ އަޅުގަނޑުމެން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޮމަންޑޫ ދާއިރާއިން ތަޖުރިބާކުރި ކަންތައްތައް އެއީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާ މައްސަލަ އިދިކޮޅުން އޭސީސީއަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެއާއެކު އޭނާ ވިދާޅުވީ ގުޅި-ގުރައިދޫ-މާފުށީ ދާއިރާގެ ރައްޔިތުން ތިބީ ސަރުކާރުން ފޯރުވާ ނުފޫޒަށް ތަބާވެ އެމްޑީޕީއަށް ގޮނޑި ދޫކޮށްލާ ގޮތަކަށް ނޫން ކަމަށެވެ. 

އިންތިޚާބާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ވާ ވައުދުތަކަކީ ފުއްދާނެ ވައުދުތަކެއް ނޫންކަން ރައްޔިތުންނަށް އެނގޭ ކަމަށާއި، އެހެންކަމުން ކޮމަންޑޫ އިންތިޚާބަށް ނުފޫޒުފޯރުވައިގެން ގޮނޑި ކާމިޔާބުކުރި ގޮތަށް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެވިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.