ޔަތީ ނަރަސިންގއާނަންދު ސަރަސްވަތީ
ހަބަރު
07 Apr 2023 | 12:37
ކައުބަތުالله ގެފުޅު ހިފައި މުސްލިމުންނާ ދެކޮޅަށް ނުކުތުމަށް ހިންދޫ ފާދިރީއެއް ގޮވާލައިފި

މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ކަމުގައިވާ މާތްވެގެންވާ ކަޢުބަތު الله ގެފުޅަކީ ހިންދޫންގެ ފައްޅިއެއްހުރި ތަނެއް ކަމަށްބުނެ މައްކާ ހިޞާރުކޮށް، އަދި މުސްލިމުންނާއި ދެކޮޅަށް ނުކުތުމަށް އިންޑިއާގެ ހިންދޫންގެ ހަރުކަށި ފާދިރީއަކު ގޮވާލައިފިއެވެ.

މިފަދައިން ގޮވާލާފައިވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުންނަ ހިންދޫންގެ ދަޝްނާ ދޭވީ ފައްޅީގެ އިސް ފާދިރީއެއް ކަމުގައިވާ ޔަތީ ނަރަސިންގއާނަންދު ސަރަސްވަތީއެވެ. 

ހިންދޫންގެ ބޮޑު އެއްވުމެއްގައި ވާހަކަ ދައްކަމުން ޔަތީ ނަރަސިންގއާނަންދު ވަނީ މައްކާގައި ހުރި ކަޢުބަތުالله ގެފުޅަކީ ކުރިން ހިންދޫންގެ މުގައްދަސް ފައްޅިއެއް ހުރި ތަނެއް ކަމަށް ބުނެ ދޮގު ހަދާފައެވެ. 

"ހިންދު ކަރަ ފަތަހަ ކުރުމަކީ ހުވަފެނެއް. އަހަރުމެން ހިފަންޖެހޭނީ ހަމައެކަނި އަފްޣާނިސްތާން އެއް ނޫން. މައްކާވެސް ހިފަންޖެހޭ. ގަންގާ ކޯރުގެ ފެން އެތަނުގައި (މައްކާގައި) ޒަމްޒަމް ފެނުގެ ގޮތުގައި ދައުރުވަމުން އެދަނީ." ޔަތީ ނަރަސިންގއާނަންދު ބުނެފައިވެއެވެ. 

މީގެ އިތުރުން އޭނާ ބުނީ މިއީ މުޅިދުނިޔެ މުސްލިމުންނާ އަދި އިސްލާމްދީނާއި ދެކޮޅަށް އެއްބައިވާންވީ ވަގުތު ކަމަށާއި ހިންދުކަރަ އެއްކޮށް ހިފުމަކީ ހިންދޫންގެ ލީޑަރު ވީރްޝަވަރްކަރް އަދި ސިވާޖީގެ ހުވަފެނެއްކަމަށް ބުނެ، އޭނާ ވަނީ ހުރިހާ ހިންދޫއިންވެސް އެ ހުވަފެން ދެކެން ޖެހޭ ކަމަށް ބުނެފައެވެ. 

ޔަތީ ނަރަސިންގއާނަންދު އަކީ އިންޑިޔާގެ ބީޖޭޕީގެ އިސް ލީޑަރެއް ކަމުގައިވާ ކަޕިލް ޝަރުމާއާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެ ފާދިރީ އަކީ މީގެ ކުރިންވެސް މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ކުރުމަށް ގޮވާލައި ނަފްރަތު އުފައްދައި ވާހަކަ ދައްކާފައިވާ މީހެކެވެ. 

ކޮމެންޓް
ސާލިހުމޫސާ
ތިހުރިހާ ނަޖިހުންނާއެކު ދިވެހިސަރުކާރު އޮތުމަކީލަދުވެތިކަމެއް އެއްމެފަހުވަގުތު މުސްލިމްދިވެހި އުއްމަތައް ކިހާވަރެއް ކުރާނެ ކުރީގައިވެސް އެދުވަސް ދިވެހީން ދެކެފައިވަނީ
07 Apr 2023
ޢަހްމަދު
ޙިންދޫ ކަރައިގެ ކާފަރުން ރާއްޖެން ބާލަންވީ. ނޫނީ ހިންދޫން ރާއްޖެ ގެންނަ ވެރިން ފައްތަންވީ.
07 Apr 2023
ބިރު
ކަލޭ ދެންފެންނާނީ ވަރަށް ނިކަމަތި ހާލުގައި އުޅޭތަން އިންޝާ ﷲ
07 Apr 2023
މުހައްމަދު ޞާދިޤް
އަހަރެމެންގެ އެންމެ މާތް ބިނާ އަށް އެއްވެސް ގެއްލުމެއް ދީފި ނަމަ ތިފަތުވާ ދިން މީހާ އަށް ދެންވާނެ ގޮތް ބަލަން ތިބޭ
07 Apr 2023
ފޫހިގަނޑެއް
ކަލޭ ބޮލުގަ ޓައްކެއް ނުޖަހަނީސް މަޑުންހުރޭ
07 Apr 2023
ކަންބަޅި
ނިކަން ކެރިގެން އަހަރެމެން މުސްލިމުންނާއި ކުރިމަތިލާބަ. ކަލޭއަށް އޭރުން ސަހަރޯއޭ ހިތައް އަރާނެ
07 Apr 2023
ހިންސުސްތަވާ
ޠާ ﷲ މީނާ ބަލިކަށި ކުރައްވައި އަނގަ ބަންދު ކުރައްވާނދޭވެ! އާމީން
08 Apr 2023
މުސްލިމް
ފަހު ޒަމާނުގެ އަބްރަހާއަށް.. ގެފުޅުގެ ވެރިފަރާތުން ގެފުޅު ހިމާޔަތްކުރައްވާނެ..
08 Apr 2023
ޚާތޫނު
ގެފުޅަކާ ނުކުޅރވޭނެ، ގެފުޅުގެ ވެރި ރަސްކަލާނގެ އެތަން ޙިމާޔަތް ކުރައްވާނެ. މީގެ ކުރިންވެސް އެތަނާ ކުޅެން އުޅުނު މީހުނަށް ވީގޮތް ތާރީޚުން ފެނޭ
14 Apr 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.