އެފްކޮންސްގެ ބްރިޖް ޕްލެޓްޕޯމު ފަރަށް އަރާފައި-- ފޮޓޯ: ވޮއިސް
ހަބަރު
12 Apr 2023 | 15:35
ތިލަމާލެ ބްރިޖު ހަދާ އެފްކޮންސް ކުންފުނި ވިއްކާލަނީ

ތިލަމާލެ ބްރިޖާއި އައްޑޫގެ މަގުތައް ހެދުމަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލުމަށް އެ ކުންފުނީގެ ވެރިފަރާތުން ނިންމައިފި އެވެ.

ބޭރުގަ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ ބިލިއަނަރެއް ކަމުގައިވާ ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)ގެ ދަށުން ހިންގަމުންދާ އެފްކޮންސް ކުންފުނި ވިއްކާލުމަށް ނިންމާފައިވަނީ އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި ދަރަނިތައް އަދާކުރުމުގެ ގޮތުންނެވެ. 

އެގޮތުން، އެފްކޮންސް ގެ އިތުރުން އެސްޕީ ގުރޫޕުން އިންޑިއާގައި ހިންގާ ގޯޕާލްޕޫރު ޕޯޓުވެސް ގަންނާނެ ފަރާތެއް ހޯދުމަށް އެ ގުރޫޕުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި އެސްޕީ ގުރޫޕަށް އެފްކޮންސް އާއި ގޯޕާލްޕޫރު ޕޯޓު ވިއްކާލައިގެން 2.5 ބިލިއަން އެއްހާ ޑޮލަރު ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މި ކަމަާއި ގުޅޭގޮތުން އިންޑިއާގެ ނޫސްތަކުން އެސްޕީ ގުރޫޕާއި ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށްވެސް އެ ނޫސްތަކުން ބުނެފައިވެއެވެ.  

އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުވެސް އެ ކުންފުނީގެ އެސެޓްތަކެއް ވިއްކާލާފައިވެ އެެވެ. އެގޮތުން، އެ ގުރޫޕުގެ އުރޭކާ ފޯބްސް އެޑްވެންޓް އިންޓަނޭޝަނަލްސް އަށް 536 މިލިއަން ޑޮލަރަށް ވަނީ ވިއްކާލާފައެވެ. 

އެފްކޮންސް ވިއްކާލަން އުޅޭ ކަމުގެ ވާހަކަ ދެކެވޭއިރު އިންޑިއާ އަދި ރާއްޖޭގައި އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތަކެއް ފެންމަތިވެ އެ މީހުން ދާފިފަހުން އިހްތިޖާޖު ވެސް ކޮށްފައިވެއެވެ.

އަދި ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަނިކޮށް ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެފްކޮންސް އިން ދިވެހި ދައުލަތަށް ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާވެސް އަދި އޮތީ ނުދައްކަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.