ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 Apr 2023 | 21:51
އެފްކޮންސް ވިއްކާލިޔަސް ރާއްޖެއާއެކު އޮތް އެއްބަސްވުން އެގޮތުގައި އޮންނާނެ: މިއުވާން

ތިލަމާލެ ބްރިޖާއި އައްޑޫގެ މަގުތައް ހެދުމަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލި ނަމަވެސް، އެ ކުންފުންނާއި ރާއްޖެއާއެކު ދެމެދު އޮތް އެއްބަސްވުން އެގޮތުގައި އޮންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

އިންޑިއާގެ ބިލިއަނަރެއް ކަމުގައިވާ ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)ގެ ދަށުން ހިންގަމުންދާ އެފްކޮންސް ކުންފުނި ވިއްކާލުމަށް އެ ގުރޫޕުން ނިންމާފައިވާ ކަމަށާ އެފަދައިން އެސްޕީ ގުރޫޕުން ނިންމީ އެ ކުންފުންޏަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި ދަރަނިތައް އަދާކުރުމުގެ ގޮތުން ކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވީ، އެކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާކަމަށާ، ނަމަވެސް ރަސްމީ ސިފައެއްގައި އެކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އެ ކުންފުނިން ސަރުކާރާއެކު ޙިއްސާކޮށްފައި ނުވާކަމަށެވެ. 

މިޢްވާން ވިދާޅުވީ، އެފަދައިން އެ ކުންފުނި ވިއްކާލި ނަމަވެސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާ، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން، އެ ކުންފުނިތަކުގެ އެސެޓް ވިއްކާ ގަނެ ހަދާކަމަށެވެ. އަދި އެފްކޮންސް ވިއްކާލިނަމަވެސް، ރާއްޖޭގައި އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުއަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް މިޢްވާން ވަނީ ވިދާޅުވެފައެވެ.

"މިސާލަކަށް ބަލަންޏާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭގައި އޮތީ. އެކިފަހަރު އެކި ޝެއަރ ހޯލްޑަރުން ނަގައިގެން ހިންގައިފި. ވަރަށް ފަހުންވެސް އާ ކުންފުންޏަކަށް ބަދަލުވި. އެހެންނަމަވެސް އޮޕަރޭޝަނަށް ބުރޫ ނާރާ. އެފްކޮންސް ވިއްކާލި ނަމަވެސް ރާއްޖެއާއެކު އޮތް އެއްބަސްވުން އެގޮތުގައި އޮންނާނެ" މިޢްވާން ވިދާޅުވިއެވެ.

މިއާއެކު މިޢްވާން ވަނީ، ތިލަމާލެ ބްރިޖްގެ މަސައްކަތްތަށް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.