ވިޔަފާރި
13 Apr 2023 | 22:43
ބިދޭސީންނަށް ރޯދަ ވީއްލުން ހަދިޔާކުރަން ފަސޭހަ ގޮތެއް އުރީދޫން ހަމަޖައްސައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ރޯދަ ވީއްލުން ހަދިޔާކުރާނެ ފަސޭހަ ގޮތެއް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

'މިޝަން ފޮ މައިގްރެންޓް ވޯކާސް މޯލްޑިވްސް'އާ ގުޅިގެން "ޑޮނޭޓް އެން އިފްތާރު ޕެކް" ނަމުގައި އުރީދޫން ފެށި މި ރޯދަ ވީއްލުން ޕްރޮގްރާމުގައި ރޯދަ ވީއްލުން ހަދިޔާކުރަން ހުޅުވާލާފައިވަނީ އުރީދޫގެ އީ-ވޮލެޓު 'އެމް-ފައިސާ' މެދުވެރިކޮށެވެ.


އެގޮތުން ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އުރީދޫ އެޕްލިކޭޝަނަށް ވަނުމަށް ފަހު 'ޑޮނޭޓް އެން އިފްތާރު' އަށް ދިއުމަށްފަހު ހަދިޔާކުރަން ބޭނުންވާ ޕެކްތަކުގެ އަދަދު ހިޔާރުކޮށްލުމުން އުރީދޫ މެދުވެރިކޮށް ރޯދަ ވީއްލުން ހަދިޔާ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. 


އެގޮތުން ހަދިޔާ ކުރެވޭ ކޮންމެ ރޯދަ ވީއްލުމުގެ އަގަކީ 50ރ. އެވެ.

އުރީދޫއިން ބުނީ މި ޕްރޮގްރާމް ގެ އަމާޒަކީ ރޯދަމަހަކީ ސަދަގާތުގެ މައްސަރަކަށް ވެސް ވުމާ އެކު، މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންނަށް ރޯދަ ވީއްލާނެ ލުއި ގޮތެއް ހަމަޖައްސައިދިނުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.