ވިޔަފާރި
14 Apr 2023 | 21:52
ވާވޭ ގެ އީޖާދީ ވޮޗް ބަޑްސް މޫލީ އިން ހެޔޮ އަގުގައި، ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވެރީ!

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކޮށްފި އެވެ. ވާވޭ ވޮޗް ބަޑްސް އަކީ އިއާބަޑްސްގެ ސިފަތައް އެކުލެވޭ އީޖާދީ ސްމާޓް ގަޑިއެކެވެ.

ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ މެދު ކެނޑުމެއްނެތި ކަސްޓަމަރުން އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެއެވެ. އެންމެ ކޮލިޓީ އަދި ސާފު އަޑު ލިބޭއިރު، މިއީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ. މީގެ އިތުރުން ތުނި ރީތި ޑިޒައިނާއެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސް އަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށްވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.

މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފަރއެއްގެ ދަށުން މި ގަޑި ވިއްކަނީ 6999 ރުފިޔާއަށެވެ. މި ހާއްސަ އަގުގައި ވާވޭ ވޮޗް ބަޑްސް ގަތުމުގެ ފުރުސަތު 22 އޭޕްރީލް 2023 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

މި ޑިވައިސްގެ މައިގަނޑު ސިފަތަކުގެ ސަބަބުން ވާވޭ ވޮޗް ބަޑްސް އަކީ އަޑު އަހާލުމުގެ ތަޖުރިބާއަށް ފެންވަރު ރަނގަޅު އަޑާއި އެޑްވާންސް ފަންކްޝަނަލިޓީ ފޯރުކޮށްދޭ އާދަޔާ ހިލާފު ގެޖެޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

• އެއް ގެޖެޓެއްގައި އިއާބަޑްސް އަދި ސްމާޓްވޮޗް

• ސާފު ރީތި އަދި ކޮލިޓީ އަޑު

• ތުނި އަދި ޒަމާނާ އެއްގޮތް ޑިޒައިން

• ހައިބްރިޑް އެކްޓިވް ނޮއިސް ކެންސަލޭޝަން 

• ކޮލިޓީ އަޑާއި އެކު ކޯލްތަކަށް ދެ މައިކްރޯފޯނާއި ނޮއިސް ރިޑަކްޝަން

• އެއް ޗާޖަކުން 10 ގަޑިއިރާއި ހަމައަށް ބޭޓަރި ހިފަހައްޓާ (ޗާޖިން ކޭސްއާއެކު 30 ގަޑިއިރު)

• ޓަޗް ކޮންޓްރޯލް އާއި އެކު ވޮޗް ބަޑް ގެ ބޭނުންކުރަން ފަސޭހަވުން

• ސްޓޭބަލް އަދި ފާސްޓް ކަނެކްޝަނަށް ބްލޫޓޫތު

• ލެގް ފްރީ އޯޑިއޯ އަދި ވީޑިއޯ ސިންކްރޮނައިޒޭޝަންގެ ލޯ ލެޓެންސީ

މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމަށް:  http://ore.do/watchbuds ޒިޔާރަތްކުރުމަށް އުރީދޫއިން އެދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.