މުހައްމަދު އިސްމާއިލް/ ފޮޓޯ: ވޮއިސް
ހަބަރު
16 Apr 2023 | 08:49
ފަހު ދިހައެއްގައި މަގުމައްޗަށް ނިކުންނަން މަޖުބޫރުކުރީ ސަރުކާރުގެ އަނިޔާވެރިކަން: މުޙައްމަދު އިސްމާއިލް

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރު އިދިކޮޅު ކޯލިޝަނަށް މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަން ޖެހުނީ މި އަނިޔާވެރި ސަރުކާރުގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތް ކުރުމަށްކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނި ފަހު ދިހަޔަށް ބެލުމެއް ނެތި އިދިކޮޅުން މަގުމަތީގައި މުޒާހަރާ ކުރަމުންދާތީ އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން މުޙައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މަގުތަކަށް ނިކުންނަނީ އިޝާ ނަމާދާއި ތާރީވީހު ނަމާދަށްވެސް ފަހުގައި ކަމަށެވެ. އަދި މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަމުންދަނީ މި އަނިޔާވެރި ވެރިކަމުން މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އެ ޓްވީޓާއި ގުޅޭ އިތުރު ތަފްސީލު ދެއްވަމުން މުޙައްމަދު އިސްމާއިލް "ވޮއިސް" އަށް ވިދާޅުވީ ޤައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ.

އެމަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވެފައި، ވާދަވެރި ސިޔާސީ ލީޑަރުގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ފަރާތްކަމަށް ވާއިރު، މި ސަރުކަރުން އެމަނިކުފާނުގެ މައްޗަށް ނުހައްގުން ހުކުމެއް ކޮށް ޖަލުގައި އެކަހެރިކޮށްފައި ބޭއްވުމަކީ ޤައުމަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއް ބައްދަލު ކުރިއިރުވެސް އެމަނިކުފާނަށް ކުޑަވެސް ލިޔެއް ދެއްވާފައި ނުވުމަކީ ސަރުކާރުގެ އަނިޔާވެރިކަން ފެނިގެންދާ ކަމެއްކަމަށް ސިފަކުރައްވާ މުޙައްމަދު އިސްމާއިލް ވިދާޅުވީ މަގުތަކަށް ނިކުމެ ސުލްހަވެރިކަމާއެކު އިދިކޮޅުގެ ސަޕޯޓަރުން ކުރަމުންދާ މަސައްކަތަކީ މި ގައުމުގައި އިންސާފު ޤާއިމުކޮށްދިނުމަށް ގޮވާލާ އަޑުއުފުލުން ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިންނަށް އަނިޔާކޮށްގެން ނުވަތަ ހައްޔަރުކޮށްގެން މި މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި، ރައީސް ޔާމިނު މިނިވަންކޮށް އެމަނިކުފާނަށް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެންދެން މި އިހުތިޖާޖުތައް ހުއްޓާނުލާނެކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.