އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން އީސީ ގެ މެމްބަރުންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Apr 2023 | 17:40
މަޝްވަރާނުކޮށް ވޯޓުލާ ވަގުތު އިތުރުކުރުން ޕީޕީއެމުން ކުށްވެރިކޮށްފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން އިތުރުކުރިއިރު އެ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ، އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ. 

އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ކުރިއަށްދާ ބައި-އިލެކްޝަނުގެ ވޯޓުލާ ގަޑި ހަމަވުމުން އިތުރު އެއް ގަޑިއިރު ދިނުމަށް ވަގުތު އިތުރުކުރީ ޕީޕީއެމާއި އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ. 

ޕީޕިއެމުން ބުނީ ވޯޓުލާ ވަގުތު އިތުރުކުރަން ވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށް ފަހުގައެވެ. އިންތިޚާބަށް ވަގުތު އިތުރުކުރީ މި އިންތިޚާބުގައި ވާދަކުރާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ވޯޓު މަދުވެދާނެކަމަށް ބާލާ އިންތިޚާބު ނާކާމިޔާބު ވެދާނެތީކަމަށް ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އޭގެ އިތުރުން ޕީޕީއެމުން ބުނީ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރީ އިލެކްޝަން ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. 

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރުކުރީ މޫސުން ގޯސްވުމާއި ގުޅިގެން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށްކަމަށް އީސީން ބުނި ނަމަވެސް އެއީ ޤަބޫލު ކުރެވޭ ކަމެއް ނޫންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެގޮތުން ނިމިދިޔަ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަން ކުރިއަށް ދިޔަ ދުވަހު ވެސް ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކޮށްފައި ވޯޓުލުމަށް ދާން ބޭނުންވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ވޯޓުލާ ވަގުތު އީސީން އިތުރުކޮށްފައި ނުވާކަން ޕީޕީއެމުން ފާހަގަކުރިއެވެ. އަދި އެ ދުވަހު ވޯޓުލާން ދިޔަ ގިނަ ބަޔަކަށްވެސް ފުރުސަތު ދީފައި ނުވާކަން އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އެކަން ފާހަގަކޮށް އިދިކޮޅުން ބުނީ އިންތިޚާބު ގެންދާނެ އުސޫލުތަކެއް ދުރާލާ ކަނޑައަޅާ އިއުލާނުކުރުމަށްފަހު ކަނޑައެޅިގެން އެ އުސޫލުތަކާއި ޚިލާފަށް އިލެކްޝަން ކޮމިޝަނުން އަމަލުކުރުމަކީ އިންތިޚާބުގެ ސައްހަކަމާއި މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެ އުސޫލުން ކަންކަން ނުކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް
ައަލިބެ
ބަލިވާނެ ކަން ޔަގީން ވީމާ، މައްސަލައެއް ހޯދާނެ!
15 Apr 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.