މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ރަމީޒު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
19 Apr 2023 | 16:19
ރަމީޒުގެ ސުލޫކީ މައްސަލައާއި ރިޔާސީ ޓިކެޓާއި ގުޅުމެއް ނެތް: އަބްދުއްރަހީމް

ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަން ފެއްޓީ ފަހަރެއްގައި ރިޔާސީ ޓިކެޓާއި ގުޅިގެން، ނުވަތަ އެފަދަ މައްސަލައަކާއި ގުޅުމެއް އޮތް ކަމެއްގައި ނޫން ކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް އެކަން ހާމަކުރައްވާފައިވަނީ ރަމީޒުގެ ސުލޫކީ މައްސަލަބަލަން ރައީސް ޔާމިނަށް ވާދަނުކުރެވޭނެ ހާލަތެއްގައި ޕާޓީގެ ރިޔާސީ ޓިކެޓު މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒަށް ހޯދާދިނުމަށް ރަމީޒު ކެމްޕޭނު ކުރައްވަމުން ގެންދަވާތީކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ދަނޑިވަޅެއްގައި ޗެނަލް-13 އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

އަބްދުއްރަހީމް ވަނީ ރަމީޒުގެ ސުލޫކީ މައްސަލައާއި ގުޅިގެން ފަތުރަމުންްދާ ޚަބަރުތައް ދޮގުކުރައްވާފަ އެވެ. 

"ރަމީޒުގެ މައްސަލަ މިތަނުގެ ސުލޫކީ ކޮމެޓީއަށް ދިޔަ. އެއީ އެއްގޮތަކަށްވެސް ރިޔާސީ ޓިކެޓާއި ގުޅިގެންނޫން. ދެން ޕާޓީގެ ތެރެއިން ހުންނާނެތާ ސުލޫކީ ފިޔަވަޅު އަޅަން ޖެހޭކަހަލަ މައްސަލަތައް. އޭގެ މައްސަލައެއް އެއީ. އެއީ ފަހަރެއްގައިވެސް ލީޑަޝިޕަށް ރައީސް ޔާމީން ވަކި އެއްޗެއް އަންގަވައިގެން ނޫނީ ރައީސް ވިދާޅުވެގެނެއް ނޫން. އެއީ އަޅުގަނޑުމެންނާއި ހަމަޔަށް މައްސަލައެއް އައިމަ އެ މައްސަލަ ބަލަން އަޅުގަނޑުމެން ނިންމީ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 

ރަމީޒުގެ ސުލޫކީ މައްސަލަ ބަލަމުން ދަނިކޮށް އޭނާ ވަނީ ޕީޕީއެމުން އިސްތިއުފާދީފަ އެވެ. އޭނާ ޕާޓީން ވަކިވެ ވަޑައިގަތީ ޕާޓީއަށް އެކަށީގެންވާ ވަގުތު ނުދެއްވާތީކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ.

އެކަމާމެދު ލީޑަޝިޕްގެ އެއްވެސް ބޭފުޅެއްގެ ޚިޔާލު ތަފާތުވުން ނެތް ކަމަށާއި، ލީޑަޝިޕްގެ ހުރިހާ ބޭފުޅުންވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީށް ޔާމިނަށް ކާމިޔާބު ކޮށްދިނުމަށް ކަމަށް ތަކުރާރުކޮށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ހަރުސަދު
އަބުދުއްރަހީމަކީ ޕީޕީއެމް މީހެއްބާ! ކޯލިސަން ހެދިޔަކަސް އެހެން ޕާޓީ އެއްގެ ކަންކަމާ ބަސްބުނެވޭނެތަ؟ މަސްލަހަތު ފުށުއަރާ
20 Apr 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.