ގައުމީ ކޮންފަރެންސްގެ ތެރެއިން އަބްދުއްރަހީމް/ ފޮޓޯ: ވޮއިސް
ހަބަރު
19 Apr 2023 | 23:22
ދޮގު ޚަބަރު ފަތުރަނީ ޕީޕީއެމް ބައިކުރަން، އަޑީގައި އޮތީ ސަރުކާރު: އަބްދުއްރަހީމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ގުޅިގެން ޕާޓީގެ ލީޑަަޝިޕްގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް ބުނެ މީޑިއާތަކުގައި ޚަބަރުތައް ފަތުރަމުންދަނީ ޕީޕީއެމް ބައިބައި ކުރުމަށް ކަމަށާއި، އެކަމުގެ ފަހަތުގައި އޮތީ ސަރުކާރު ކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި މެދު ޕާޓީގެ ލީޑަޝިޕްގެ މެދުގައި ޚިޔާލު ތަފާތުވުންތައް އޮތްކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ދޮގުކުރައްވާ ޗެނަލް-13 އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމިނާއި ހަވާލުކުރުމަށް އެންމެ ފުރަތަމަ ނިންމީ ލީޑޝިޕުން ކަމަށެވެ. އެފަހުން އެ ނިންމުން ސެނެޓަށް ގެންގޮސް ސެނަޓުގެ އިއްތިފާގުން ވަނީ ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ފާސްކޮށްފައި ކަމަށެވެ. 

2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމާމެދު ޕާޓީގެ ލީޑަޝިޕްގައި އެއްވެސް ކަހަލަ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވާދަނުކުރެވޭނެ ހާލަތަކާއި ދޭތެރޭގައި ވިސްނުން ނުގެންގުޅުއްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މީޑިއާތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދަނީ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ. މަޤްޞަދަކީ ޕީޕީއެމް ބައިބައިކޮށް ބަލިކަށިކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއަދު ޕީޕީއެމް-ޕީއެންސީ ބައިބައިކޮށްލުމަށްޓަކައި ހުރިހާ ފަރާތްތަކުން ވަރަށް ވަރުގަދައަށް ފާޅުކަން ބޮޑު ގޮތެއްގައި އެ ގެންދަނީ މަސައްކަތް ކުރަމުންނޭ. އެހެންވީމަ ޕީޕީއެމް ލީޑަޝިޕް ބަދުނާމުކޮށްވެސް ވާހަކަ ދައްކާނެ. އަދި ރައީސް ޔާމިނަށް ހުތުރުވާގޮތަށްވެސް ވާހަކަދައްކާނެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ އޮތްކަމަށް ދައްކަންވެސް ބޭނުންވާނެ. އެ ހުރިހާކަމަކީ ޕީޕީއެމް ރައީސް ޔާމީން ފަހަތްޕުޅުގައި ވޭތުވެދިޔަ ތާގައި ސާބިތުވެ އޮތްލެއް ވަރުގަދަވީމަ އެހެންމީހުންނަށް އުނދަގޫވަނީ. އެހެންވީމަ މިކަން ކުރަން ބޭނުންވެގެން މި އުޅެނީ. މީގެ އެންމެ އަޑީގައި އޮންނާނީ ދިވެހި ސަރުކާރު"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 

އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ތެރޭގައި މައްސަލަ އުފެއްދުމަށް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ސަމާލުވުމަށް ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ. 

އޭގެ އިތުރުން ޕީޕީއެމްގެ ލީޑަޝިޕުން އަދި ޕާޓީގެ ހުރިހާ ގުނަވަންތަކުން ވެސް މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.