އިދިކޮޅުން އީސީއާއި ބައްދަލުކުރުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Apr 2023 | 15:32
ރިޔާސީ އިންތިޚާބާއި ގުޅިގެން އޮތް ކަންބޮޑުވުންތަކާއެކު އިދިކޮޅުން އީސީއަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން އޮތް ކަންބޮޑުވުންތަކާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިލެކްޝަން ކޮމިޝަނާއި ބައްދަލުކޮށްފި އެވެ. 

އިލެކްޝަން ކޮމިޝަނާއި ބަދައްލުކުރުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވަނީ އިންތިޚާބުތަކާއި ގުޅިގެން އިދިކޮޅުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ. 

ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން!

ޝިޔާމު ވިދާޅުވީ ނިމިގެން ދިޔަ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ބަލާލި ނަމަވެސް، ނުވަތަ އޭގެ ކުރިން ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ބަލާލި ނަމަވެސް އިންތިޚާބާއި ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައި އޮތްކަން ހާމަވެގެންދާނެ ކަމަށެވެ. 

ގުރައިދޫ އިންތިޚާބަށް އެކަނި ސަރުކާރުން ކުރި ޚަރަދުތަކަށް ބަލާއިރުވެސް އެއީ ކަނޑައެޅިގެން ނުފޫޒު ފޯރުވުމަށް ކުރަމުންދިޔަ ކަމެއްކަން ޔަގީން ކުރެވޭނެކަމަށް ޝިޔާމު ވިދާޅުވި އެވެ. 

"އިންތިޚާބާއި ދިމާކޮށް 13 ދުވަސް ތެރޭ 170 މިލިއަން ރުފިޔާ އާސަންދައަށް އެކަނި ޚަރަދުކުރި. އޭގެ އިތުރުން ސްޓެލްކޯއިން ދާއިރާގައި 80 ވަޒީފާ އުފެއްދި."

ޕީޕީއެމްގެ ނައިބުރައީސް ޝިޔާމު 

ޝިޔާމު ވިދާޅުވީ ސްޓެލްކޯގެ ލޯންޗުފަހަރުތައް ބޭނުން ކުރުމާއި ސްޓެލްކޯގެ އެމްޑީ ހުންނަވައިގެން އިންތިޚާބުގައި ކުރަމުންދިޔަ ކަންކަން އަމިއްލަފުޅަށް ތަޖުރިބާވެސް ކުރެވިފައިވާ ކަމަށެވެ. އެ މައްސަލަތައް ހުށައެޅު ނަމަވެސް އެ މައްސަލަތައް ބަލާ ފިޔަވަޅު ނޭޅުމަކީ އިންތިހާއަށް ކަންބޮޑުވާގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

އަދި އެ ހާލަތު އެހެން އޮވެ ރިޔާސީ އިންތިޚާބާއި ބައްދަލުކުރަން ޖެހުމަކީ އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމެއްގެ ގޮތުގައި ޝިޔާމު ވިދާޅުވި އެވެ. 

ރިޔާސީ ކެންޑިޑޭޓަށް ޓާގެޓުކޮށްގެން ދައުވާ އުފުލުން! 

ޝިޔާމު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމުން ކަމަށެވެ. އެއީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ. 

އެހެން ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަތަކާއި ގުޅުވާ އެމަނިކުފާނަށް ފުލުފުލުގައި ދައުވާތައް އުފުލަމުންދާއިރު، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދިނުމަށް ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަމުންދާކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި އެއީ އިދިކޮޅުގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. 

ޝިޔާމު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވީތީ އަދި ވާދަވެރި ސިޔާސީ ލީޑަރަށް ވީތީ ރައީސް ޔާމިނަށް އަމާޒުކޮށްގެން ދައުވާ އުފުލަމުންދާކަމީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށެވެ. 

މި ސަރުކާރުގެ އުމުރުގެ ގިނަ ދުވަސްތަކެއް ރައީސް ޔާމިނަށް ހުންނަވަން ޖެހިވަޑައިފގަތީ ޖަލުގައި ކަމަށާއި، އެމަނިކުފާނަށް ސިޔާސީ މަސައްކަތް ނުކުރެވޭގޮތަށް ބަންދުކޮށްފައިވާ ބަހައްޓާ މަައްސަލަ އީސީގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި އެކަމަށް ޙައްލެއް ގެނެސްދިނުމަށް އީސީގެ އިމްތިޔާޒުތައް ބޭނުން ކުރުމަށް އެދިފައިވާނެ ކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ލަސްކުރުން! 

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގައި ލސްކަމެއް އުޅޭކަން އީސީގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ޝިޔާމު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ރައީސް ޔާމިނުގެ ފަރާތްޕުޅުން އާރަށު މައްސަލަ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ރަޖިސްޓާކުރުމަށް ވެސް ހައިކޯޓުން ދިގު މުއްދަތެއް ނަގާފައިވާ ކަމަށާއި، އެ މައްސަލަ ރަޖިސްޓާ ކުރިފަހުން މިހާތަނަށް އެންމެ އަޑުއެހުމެއްވެސް ބާއްވާފައި ނުވާކަމަށެވެ. 

އިސްތިއުނާފީ މައްސަލަތައް ލަސްކުރުމަކީ ހައިކޯޓުގެ ރޫހާއިވެސް ޚިލާފު ކަމެއް ކަމަށާއި، އެ މައްސަލަ އަވަސްކުރުމަކީ މިހާރަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދެކޭތީ އެކަން އީސީގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އީސީއާއި ބައްދަލުކުރުމަށްފަހު އިދިކޮޅުން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ޝިޔާމު އިތުރަށް ވިދާޅުވީ ރިިޔާސީ އިންތިޚާބަކީ މިނިވަން އިންތިޚާބެއްކަމަށް ކަށަވަރުކުރުމަށް އީސީން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި އެމަގަށް އިންތިޚާބު ގެނައުމަށް ދުރާލާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. 

އެއްވެސް ކެންޑިޑޭޓެއްގެ ހައްގަށް ހުރަސްއެޅޭކަމަށް ވާނަމަ، އެކަން ބަލައި ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ އީސީން ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ޝިޔާމު ވިދާޅުވި އެވެ. އެއާއެކު އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ވެސް ވަރަށް ބޮޑަށް ފާރަވެރިވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމިނުގެ އިންތިޚާބީ ހައްގުތައް ކަށަވަރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.