ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދަރިކަލުން ޒޭން ޔާމީން --
ހަބަރު
21 Apr 2023 | 06:24
ރައީސް ޔާމީންގެ ފަރާތްޕުޅުން، ދަރިކަލުން ޒޭންގެ، ޢީދު ދުވަހުގެ ޚާއްސަ މެސެޖެއް

މި 1444 ވަނަ އަހަރުގެ ބަރަކާތްތެރި ފިތުރު ޢީދު ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެފަރާތްޕުޅުން އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަރިސްކުރައްވައިފިއެވެ. 

ޢީދު ދުވަހުގެ މުނާޞަބަތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން، ޢީދުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް އަރުއްްވައި، ދަރިކަލުން ޒޭން ވަނީ އެމަނިކުފާނުގެ ޚާއްޞަ މެސެޖެއްވެސް ޢާއްމު ރައްޔިތުންނަށް އަރުއްވާފައެވެ. 

އެގޮތުން އޭނާ ވަނީ، ނުހައްގު އަނިޔާތަކާއި ނަހަމަ ސިޔާސީ ނުފޫޒު ތަކާއި ދެކޮޅަށް އެންމެހައި ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ސާބިތުވެ ތިބުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ނަސޭހަތްތެރިވެފައެވެ. 

"މި ފުރުސަތުގައި ރައީސް ޔާމީންގެ ހައްގު ގަޔާއި، ދިވެހި ގައުމުގެ ހައްގުގައި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން، އަދި މުވައްސަސާތަކުން، ނަހަމަ ސިޔާސީ ނުފޫޒު ތަކާއި، ނުހައްގު އަނިޔާ ތަކާއި ދެކޮޅަށް ސާބިތުވެ ތިއްބެވުމަށް ރައީސް ޔާމީންގެ ނަސޭހަތް އަޅުގަނޑު ރައްދު ކޮށްދެން" 

ޒޭން ޔާމީން 

ރައީސް ޔާމީން މިވަގުތު އަންނަނީ ވ. އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހު ކުރި ޖަލު ހުކުމް ތަންފީޒް ކުރައްވަމުންނެވެ. އެމަނިކުފާނު މި ނިމިދިޔަ ރޯދަ މަހާއި، މި ޢީދަށް ގޭ ބަންދަށް ބަދަލު ކުރުމަށް ވަކީލުން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ވާގޮތް ވަނީ ނުވެފައެވެ.  

ވ. މައްސަލާގައި ރައީސް ޔާމީން ގެ މައްޗަށް ކޮށްފައިވާ އެއީ ހުކުމަކީ ނުހައްޤުން އިއްވާފައިވާ ހުކުމެއް ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އަދި ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.