ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އަރާފައި/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
22 Apr 2023 | 19:16
ކުމުންދޫ ނެރުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރާއީ

ކުމުންދޫ ނެރުގެ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ. 

މެމްބަރު ރާއީ މިފަދައިން ވިދާޅުވެފައި ވަނީ ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އަރައި އޭގައި ތިބި މީހުންނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ކުމުންދޫ ނެރުގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއްކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. 187 ހެކްޓަރު ހުންނަ އެރަށުގެ ނެރު، އިރުމަތި ފަރާތުގައި ކަނޑާފައި ހުރުމުގެ ސަބަބުން ރާޅު ބޮޑުވާ މޫސުމެއްގައި ނަމަ އެރަށު ފަޅަށް ވަދެ ނުކުމެ އުޅުމަކީ ދަތިކަމެއްކަން އެ ރަށު ކައުންސިލުން ދަނީ ފާހަގަކުރަމުން ނެވެ. 

އެކަމާއި ގުޅޭގޮތުން ރާއީ ވިދާޅުވީ ކުމުންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ކުމުންދޫ ދިމާވެފައިވާ ބަނދަރުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. އަދި ކުމުންދޫގެ ނެރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

"ކުމުންދޫގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކޮށް ދާޢިމީ ހައްލެއް ގެނެސް އަދި އިތުރަށް ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ބޮޑުކޮށް މަރާމާތު ކޮށް، އެއްމެ ޒަމާނީ ބަނދަރެއްގެ ލުއިފަސޭހަ ލިބިގެންދާނީ މި ސަރުކާރުން އެމްޓިސީސީއާއި ވާލު ކުރެވިގެން ގެންދާ މަސައްކަތުގެ ތެރެއިންނެވެ, ބަނދަރަށް 100,0000 މިލިއަނަށްވުރެ ބޮޑު ހަރަދެއް ކުރެވިގެންދާނެ،ފުރަތަމަ ނިމިގެންދަނީ ނެރުމުގެ މަސައްކަތް"

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ރާއީ ވިދާޅުވި މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ތެރެއިން ކުމުންދޫ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ދާނެ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާކަމަށް ރާއީ ވަނީ ވިދާޅުވެފަ އެވެ. 

ކުމުންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން އެރަށު ވާޓަރު މަރާމާތު ކުރުމާއި އިތުރު 700 ފޫޓަށް ވާޓަރު ދަމާލުމާއި ބަނދަރު ބޮޑު ކުރުމުގެ އިތުރުން ޓީޖެޓީއެއް ގާއިމު ކުރުމާއި 290 މީޓަރުގެ ބޮޑުހިލަޖަހައި ބޭރުތޮއްޓެއް ލުމުގެ އިތުރުން 40 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމާއި އަދި 60 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަނދަރު އެހެން ދިމާލަކަށް ބަނދަލުކުރުމަށް ނިންމާފައި ނުވާތީ އެ ކަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް
Gaakolhu
ނަމަކަށް މިފަހުން ތިތާ ޖެހި ހިލަތައް ފައިބައިފި. އެވެސް ޖަހާާފަހުރީ ތަޅާ ކުދި ކުރެވުން ވަރަކަށް ކުދި ކޮށްގެން
24 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.