ރައްޔިތުންގެ މަޖިލީހުގެ އިދާރާ--ފޮޓޯ/މަޖިލިސް
ހަބަރު
25 Apr 2023 | 23:07
ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން އަދި އާއިލާއަށް އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، މިހާރުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި ޙިދުމަތް ހޯދުމަށް ބޭނުންވަނީ 23 މަސް ދުވަހަށް ކަމަށެވެ.

އޭގެ ތެރެއިން މި އަަހަރުގެ ޖޫން މަހުން ފެށިގެން އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އިންޝުއަރެންސް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިން/ފިރިންނާއި 18 އަހަރު ނުފެރޭ ދަރިންއޭވެ.

އަދި އަންނަ އަހަރުގެ މޭ މަހުން ފެށިގެން 2025 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އިންޝުއަރެންސް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، 20 ވަނަ ރައްޔިތުންގެ މަޖިލުގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިން/ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންނަށެވެ.

މި ޙިދުމަތްދިނުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި ހިދުމަތާއި ގުޅޭގޮތުން އާއްމުކުރާނެ އެންމެހައި ލިޔެކިޔުންތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ކޮމެންޓް
ހާލިދާ
މެންބަރުންގެ މައިންބަފައިން ވެސް ހިމަނާލަން ފެންނަނީ
26 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.