ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން މައްސަލަ ބަލަމުންދާ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)
ހަބަރު
26 Apr 2023 | 21:19
ރައީސް ޔާމީންގެ އެންގެވުމަށް ޗާގޯސް މައްސަލައިގައި ޕީޕީއެމުން އިޓްލޮސްއަށް ސިޓީއެއް ފޮނުވަނީ!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެންގެވުމަށް ދިވެހި ސަރުކާރުން މިހާރު އެއްބަސްވެފައިވާ ގޮތަށް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތު ހިނގާ ތަނެއްކަމަށް ދިވެހިން ޤަބޫލު ނުކުރާކަމަށާއި، އެކަމާއި ދިވެހި ރައްޔިތުން ދެކޮޅުކަން ހާމަކޮށް ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން މައްސަލަ ބަލަމުންދާ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް ފޮނުވުމަށް ޕީޕީއެމުން ނިންމައިފި އެވެ. 

އެކަން އިދިކޮޅު ކޯލިޝަނުން ހާމަކުރައްވާފައިވަނީ ފޯޅަވަހި މައްސަލައާއި ގުޅިގެން ދިވެހިންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި "ޗަ ގޯސް" ގެ ނަމުގައި ޖަލްސާއެއް ބާއްވާނެކަމަށް އިއުލާނުކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ނެވެ.

އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޗާ ގޯސް މައްސަލައިގައި މި ސަރުކާރުން ދައުލަތުގެ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވި ސިޔާސީ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ. 

އެގޮތުން މީގެކުރުންވެސް އެތައް ޕްލެޓްފޯމެއްގައި ރައީސް ޔާމީން އެކަމާއި ދެކޮޅަށް ވަކާލާތު ކުރައްވާފައިވާއިރު، އެ މައްސަލައިގައި ދިވެހި ސަރުކާރުގެ ނިންމުމާއި ރައްޔިތުން ނުރުހޭކަން ހާމަކުރުމަށް އިޓްލޮސްއަށް ސިޓީއެއް ފޮނުވުމަށް ރައީސް ޔާމީން ޕީޕީއެމަށް އިރުޝާދު ދެއްވާފައިވާކަމަށް އަަބްދުއްރަހީމް ވިދާޅުވި އެވެ. 

"ޗާގޯސް މައްސަލައިގަ ވެސް ރައީސް ޔާމީން، މިނިވަންކޮށް ހުންނަވައިގެން ވެސް މިވާހަކަ ދައްކަވާ އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ރައީސް ޔާމީން. އެގޮތުން މި ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިޓްލޮސްއަށް މި މައްސަލައިގައި ސިޓީއެއް ފޮނުވަން އެމަނިކުފާނު އެބޮތް މިހާރު ވިދާޅުވެފަ. އެއީ މީ ދިވެހިރައްޔިތުންގެ ހައްގު އެކުލެވިގެންވާ ކަމެއް. ރައްޔިތުން މިކަމާ ގަބޫލެއް ނޫން، މިކަން މި ގޮތަށް ކުރާކަށް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 

އަބްދުއްރަހީމް ވިދާޅުވީ އެ ސިޓީ އިޓްލޮސްއަށް ފޮނުވުމުގެ ކުރިން ސިޓީގައި ސޮއިކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފޮނުއްވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު އަރުވާނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވަނީ މީ ރައްޔިތުންގެ މަސްލަހަތާއި ގުޅުން އޮތް ގައުމީ މައްސަލައަކަށް ވާއިރު، ސިޔާސީ ފިކުރު އެއްފަރާތްކޮށް ދިވެހިންގެ ހައްގު ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގައި ގުޅިގެން މަސައްކަތްކުރުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.