މެމްބަރު އުޝާމު މަޖިލީހުގެ ކޮމެޓީއެއްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
30 Apr 2023 | 20:54
ދިފާއީ ބާރަށް ގާނޫނީ ޒިންމާ ނޭނގޭ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާނަން: އުޝާމް

ދިފާއީ ބާރަށް ގާނޫނީ ޒިންމާ ނޭނގޭ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ޢަބްދުالله ޝަމާލާއި އިތުރު ބައެއް ވެރިން، ރާއްޖޭގެ ދެކުނުން ދިވެހި ސިފައިންނަށް ކުރިން ކަނޑު ބެލެހެއްޓެނީ 24 މޭލަށްވުރެ ބޭރުނުވާ ސަރަހައްދުގެ ތެރެއިންކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. 

އުޝާމް ވިދާޅުވީ ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ޖެނެރަލުންނަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް އަދި ގާނޫނީގޮތުން ބަލަހައްޓަންޖެހޭ ސަރަހައްދު ނޭންގުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

"އެބޭފުޅުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ ނޭންގޭ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާނަން" އުޝާމް ވިދާޅުވިއެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ މި ހަފްތާގެ ތެރޭގައެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.

މި މައްސަލާގައި މޮރިޝަސްއިން ވަކާލާތު ކުރަމުން އައީ އިން ކަނޑައެޅުމުގައި ބްލެންހެމް ފަރުން މިން އަޅަން ފެށުމަށެވެ. ނަމަވެސް ރާއްޖޭން ވަކާލާތު ކުރަމުން އައީ މޮރިޝަސްއިން ބޭނުންވާ ފަދައިން ބްލެންހެމް ފަރުން މިންއެޅުމުގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސެލޮމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން ކަނޑުގެ ސަރަހައްދު މިންކުރުމަށެވެ.

ދެ ފަރާތުގެ ވާހަކައަށް ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓުކަމަށް ކަމަށް ބެލުމަށް ޤަބޫލުކުރެވޭ މިންވަރަށް މޮރިޝަސްއަށް ހެކި ހުށަހެޅިފައިނުވާކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ބުނެފައިވެއެވެ.

އެހެންކަމުން، ރާއްޖެއާއި ޗާގޮސްގެ މެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކުރާނީ ރާއްޖެއިން އެދުނު ގޮތަށް ޕެރޯސް ބަންހޯސްއާއި ސޮލަމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކުން ފެށިގެން ޗާގޮސްގެ ކަނޑުގެ ސަރަހައްދު މިންކޮށްގެން ކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.