އަބްދުއްރަހީމް ރައީސް ޔާމީންގެ އަރިހުގައި ޖަލްސާއެއްގައި/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 May 2023 | 11:29
ސަރުކާރުގެ އަމާޒަކީ ރައީސް ޔާމިން ސިޔާސީ މައިދާނުން ގެއްލުވާލުން: އަބްދުއްރަހީމް

މި ސަރުކާރުގެ އަމާޒަކީ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ސިޔާސީ މައިދާނުން ގެއްލުވާލުންކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް-13 އިން ގެނެސްދިން ނިއުސްޓޯކް ޕްރޮގްރާމުގައި ވަހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް ލިބުނު 5 އަހަރުގެ ދައުރުގެ ބޮޑުބައި ރައީސް ޔާމިނަށް ހޭދަކުރައްވަން ޖެހިވަޑައިގަތީ ޖަލުގައި ކަމަށެވެ. އެގޮތުން 3 އަހަރާއި ގާތްކުރާ މުއްދަތަކަށް އެ މަނިކުފާނު ޖަލުގައި ހޭދަކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ރައީސް ޔާމިނުގެ މައްޗަށް ފުލުފުލުގައި ދައުވާތައް އުފުލަމުންދާއިރު، ދަށު ކޯޓުގައި މިހާރު އޮތް ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީވެސް އަނެއްކާވެސް އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އަޅުގަނޑު ޤަބޫލުކުރަނީ ރައީސް ޔާމިނުގެ ޝަރީއަތް އަވަސް އަރުވާލައިގެން މިހާރު އެމީހުން މި ގެންދަނީ އަނެއްކާ އަނެއް ހުކުމް ރައީސް ޔާމިނުގެ މައްޗަށް ޖަހާށޭ. މި މީހުން ވެރިކަމަށް އައުމަށް ދެއްކި އެއް ވާހަކައަކީ ހަވާ ފަޓާސްބަރިއެއްހެން ޝަރީއަތް ކުރަނީއޭ. އިންސާފެއް ނުލިބެއޭ، އެހެންވީމަ އިންސާފު ހޯދާ ދޭށޭ ތިމަންނާމެން މި އައީ. އެކަމަކު އައި މީހުން މި ވީގޮތަކީ މި ދިވެހިރާއްޖެ ދުވަހަކު ނުދެކޭވަރުގެ އަނިޔާވެރި ބަޔަކަށް މިވީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ މި ޝަރީއަތް ކުރިއަށް ދާއިރު، ރައީސް ޔާމިނަށް ލިބެން ޖެހޭ ވަރަށް ގިނަ ހައްޤުތަކުން އެމަނިކުފާނު މަހުރޫމުކޮށްފައިވާ ކަމަށެވެ. 

އެއީ އިންސާފު ހޯދުމަށް ނުވަތަ އެމަނިކުފާނުގެ މައުސޫލުކަން ސާބިތުކޮށްދިނުމަށް އޮތް ވަރަށް ބޮޑު ހުރަހެއްކަމަށާއި، އެފަދައިން އެކަން ކުރަމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށްވުމުން، އެމަނިކުފާނުގެ މައްސަލަތަކަކީ އެތައް ބައެއްގެ މަސްލަހަތާއި ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން، އެމަނިކުފާނުގެ ޝަރީއަތް ކުރިއަށްދަނީ އިންސާފުވެރިކަމާއެކުގައި ތޯ ބަލާ ކަށަވަރުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ހުސޭނުބެ
ފަޅުތަކާއި ރަށްތައް ވިއްކައިގެން ލިބުނު ފައިސާތައް އަމިއްލަ އެކައުންޓަށް ކަޅާކޮއްލީ ސަރުކާރުން ކުރިކަމެއްކަމެއް ނޫނެވެ. ވައްކަން ކުރީ އަމިއްލައަށެވެ. ސަރުކާރުން ކުރުވި ކަމެއް ނޫނެވެ.
01 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.