އިދިކޮޅުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހަބަރު
01 May 2023 | 21:42
ރައީސް ޔާމީން ހުންނަވާ ޖަލުގައި ކެމެރާ ހަރުކޮށްގެން ފޯނުން ބަލާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާ ޖަލުގައި ކެމެރާ ހަރުކޮށްގެން ފޯނުން ބަލާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީންއާ ޒާތީވެފައިވާ މީހަކު ބަލަހައްޓާ ޖަލެއްގައި ޔާމީނު ހުންނަވާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.

އަދި ޖަލު ބަލަހައްޓާ މީހުން މެދުވެރިކޮށް ވެސް ޔާމީނަށް އެކި ގޮތްގޮތުން ދުއްތުރާ ކުރަން މަސައްކަތް ކުރާކަމަށާއި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ފާހާނާއަށް ދަންދެން ކެމެރާ އަޅާއިގެން ގޭގަ އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫމްމަންޓްސްއެއް ބެލޭގޮތަށް އިމްރާމް ރާވާފަ ހުރި ކަމަށް. މީ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތު. މިވަރުގެ ނުބައި ނުލަފާ މީހެއް އިމްރާނަކީ." 

އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ،  ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރަން އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު ރިޔާސީ އިންތިހާބަށް އެންމެ ހަތަރު މަސް ދުވަހަށް ވީއިރުވެސް ކެމްޕޭން ކުރުމުގެ ފުރުސަތުވެސް ޔާމީނަށް ނުދެއްވާ ކަމަށެވެ.

"މުޅި ސަރުކާރު ރާވައިގެން ރައީސް ޔާމީނަށް އަނިޔާކުރަމުން ދަނީ. މިކަމުގެ މުގުލުގައި ހުރީ ހޯމް މިނިސްޓަރު" 

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުރަހީމް ތުހުމަތު ކުރައްވިގޮތުގައި ކެމެރާ ހަރުކުރުމަށްފަހު ފޯނުން ބަލަމުން ދަނީ ހޯމް މިނިސްޓަރ އިމްރާންއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ