އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭއިން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
03 May 2023 | 14:08
ރައީސް ޔާމީންގެ މައްސަލަތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ލަންކާއަށް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިއަށްދާ މައްސަލަތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ލީޑާޝިޕްގެ ދެ ބޭފުޅުން މިއަދު ކޮލޮމްބޯ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. 

އިދިކޮޅުން ބުނީ ކޮލޮމްބޯ އަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށެވެ. އެ ދެ ބޭފުޅުންގެ ކޮލޮމްބޯއަށް ކުރައްވާ މި ދަތުރުގައި ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިދިކޮޅުން މައުލޫމާތު ދެއެވެ. 

އެގޮތުން ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަން ވަނީ ފާހަގަކޮށްފައެވެ. 

އިދިކޮޅުން ބޭރުގެ ޑިޕްލޮމެޓުންނާއި ހިއްސާ ކުރައްވާނެ ކަމަށް ފާހަގަކޮށްފައިވާ ބައެއް ކަންކަން؛ 

1) ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލް ނުކުރާތީ އާއި ދަށު ކޯޓުގައި ހުރި މައްސަލަތައް ފަތުއަޑު ކިޔާފައި ކުރިއަށް ގެންދިޔުން

2) ރައީސް ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް މިކަންކަމުގެ ސަބަބުން ގެއްލިގެންދާ މައްސަލަ

3) ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުالله ގެ ޓުވީޓުން ރައީސް ޔާމީނާއި ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާތީއާއި އެކަމަކީ ރައީސް ޔާމީންގެ ރައްކާތެރިކަމާމެދު އެ ކޯލިޝަނުން ކަންބޮޑުވާ ކަމަކަށްވާތީ އެކަމާ ބެހޭ މައުލޫމާތު

4) ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށްވާއިރު އެމަނިކުފާނަށް ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހްރޫމްކޮށް ސިޔާސީ ބޭނުމަކަށް ރައީސް ޔާމީން ޖަލަށް ލައިގެން މިސަރުކާރުން ގަސްތުގައި އަނިޔާދެމުންދާ މައްސަލައިގެ ކަންބޮޑުވުން 

ވ. އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް އެއީ ނުހައްޤުން އިއްވާފައިވާ ހުކުމެއް ކަމަށާއި، ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އަދި މީގެ އިތުރުން، އެމަނިކުފާނު ޖަލަށް ލައިގެން، އެ ޖަލުގައި ކެމެރާ ހަރުކޮށް، އެމަނިކުފާނު ކުރައްވާ ކަންކަން ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ބައްލަވާ ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ. 

ކޮމެންޓް
އަލީ
ލަންކާ ކޯޓުންތަ ވަގުކަލޭގެ އައް ހުކުމް ކޮއްފަ ޖަލައް ލީ
03 May 2023
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.