ހިޔާ ޔޫނިއަން ނައިބް ރައީސް ޝަމާލްގެ ފްލެޓް
ހަބަރު
05 May 2023 | 19:57
ހިޔާގެ ދެ ފްލެޓް ފާރުތަޅާލައި އެއްކޮށްލުމުން ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޖޫރިމަނާކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮލި މައްސަލާގައި ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޝަމާލް ޖޫރިމަނާކޮށްފިއެވެ.

އަރބަންކޯއިން ބުނި ގޮތުގައި ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން، އެ ކޯޕަރޭޝަނުން ބެލި ބެލުމުން، އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވުނު ކަމަށެވެ.

މި އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާާ ހިލާފަށް، ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އަރބަންކޯއިން މައުލޫމާތު ދިނެވެ.

ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޝަމާލް

ވޮއިސްއަށް މި އެޕާޓްމަންޓްތަކުގެ ފޮޓޯތައް ލިބިފައިވާއިރު, އެ ފްލެޓްގެ އިންފާރު އެއްކޮށްކަހަލަ ގޮތަކަށް ތަޅާލައި ގުޅުވަލާފައިވެއެވެ. މިއީ 25 ބުރީގެ ހިޔާ އިމާރާތައް ވެސް ބޮޑެތި ގެއްލުން ލިބޭނެކަމެކެވެ.

މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އަންގާފައި ވާކަމަށް އަރބަންކޯއިން ބުންޏެވެ.

ކޮމެންޓް
ނަޝީދާ
އޭ ޖޫރިމަނާ ކުރިޔަސް އޭނަޔަށް މާފްކޮށްދޭނެ. ޢިބޫގެ ވަގުކުދިންގެ ސަރުދާރު އެއީ
05 May 2023
އިންވެސްޓިގޭޓަރ.
2ލައްކަ ރުފިޔާ ޖޫރިމަނާ ކުރީމަ އިމާރަތައް ލިބޭގެއްލުންހުއްޓުނީތަ
05 May 2023
ޭަަެމާލެ މީހާ
ޢެއްކަމެއްވެސް ނުވާނެ.... ނަމެައްގައި ޖޫރިމަނާ...ހިޔާ ފްލެޓްގެ ކުލިވެސް ލިބޭވަރަށްދޯ ޖޫރިމަނާވެސް ލިބޭނީ..... ގޮރުހެޑިފައި ތިބި ވެރިންތަކެއް އާބަންކޯ ( އެޗްޑިސީ) ގައި ތިބީ.... ހުސް ވަގުން
05 May 2023
ާއަލީ
ފިހާރަތައްވެސް ހަދާފަ އެހުރީ ހަމަ ތހިގޮތައް މެދުފާރު އެއްކޮށް ތަޅާލަިގެން ދެން ފްލެޓްވެރިން ތިކަނ ކުރީމަ ކީއްވެ ޖޫރިމަނާކުރަންވީ
06 May 2023
މުހިއްބުއްދީން
ބެރިޔާއި ތަނބަށް ގެއްލުމެއް ނުލިބެންޔާ ޢިމާރާތަށް ލިބޭނެ ގެއްލުމެއްނެތް. ފޮޓޯއިން ފެންނަގޮތުގައި ތަޅާނަގާފައިވަނީ، އިންފާރުގެ އެޅިގަލުން ރާނާފައިވާ ބައިގެތެރެއިން ބޭނުންވާ ޖާގަ. އެހެންކަމުން ޢިމާރާތަށް ލިބޭނެ ގެއްލުމެއްނެތް.
06 May 2023
ޢާދަމް
އެއްލައްކަ ދީފަ ފާރުތަޅާލަން އޯކޭވީ ދޯ..
06 May 2023
Shameeza Zahir
ފާރު ނުރޭނިޔަސް އޯކޭ ދޯ
06 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.