އުރީދޫ ފަން ރަން ކުޅުދުއްފުށި: މިއީ އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުން - ފޮޓޯ:އުރީދޫ
ވިޔަފާރި
06 May 2023 | 10:11
ތިންހާހަށްވުރެ ގިނަ ބައިވެރިންނާއެކު، އުރީދޫ ފަން ރަން ކުޅުދުއްފުށީގައި ބާއްވައިފި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، ”އުރީދޫ ފަން ރަން“ ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ.

3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު ކުޅުދުއްފުށީގައި ބޭޭއްވި ދުވުމަކީ މިހާތަނަށް އަތޮޅުތެރޭގައި ބާއްވުނު އެންމެ ބޮޑު ދުވުމެވެ.

މި ދުވުމުގައި ހދ އަތޮޅުގެ އެކި ކަންކޮޅުތަކުން އެކި އުމުރު ފުރައިގެ ބޭފުޅުންވެސް ބައިވެރިވެ އުފާވެރި އަދި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތަކަށް ވެގެންދިޔައެވެ.

ދުވުން ފެށިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި މަކުނުދޫ ދާއިރާގެ މެންބަރު އޮނަރަބަލް މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދް އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރް އާއި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމް އާއި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އާއި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު ނެގުނު ކުލަ ގަދަ ސެލްފީ އަކުންނެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމުގެ އިތުރުން އުފާވެރި އަދި މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެކެވެ.

މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލެޓްބަލް އޮބްސްޓެކްލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއެކު ބައިވެރިންނަށް މި ދުވުމަކީ ކަސްރަތުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދާ ދުވުމެކެވެ.

އެހެންކަމުން މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވޭ ދުވުމަކަށް ވެގެންދެއެވެ

”ކުޅުދުއްފުށީ ސިޓީގައި އުރީދޫ ފަން ރަން ބާއްވައި، މި މަޖާ ހަރަކާތް ހދ.އަތޮޅުގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފާއި، ކައުންސިލްގެ މެންބަރުން، މި ޙަރަކާތަކީ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ހެއްދެވުމުގައި ދެއްވި ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ބައިވެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ހިތްވަރަކީ ހަގީގަތުގައި ވެސް އުފާވެރި ކަމެކެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް އާއިލާ އާއި ރައްޓެހިންނާ އެކު މި ހަރަކާތުގައި ބައިވެރިވެ އުފާވެރި ވަގުތުތަކެއް ހޭދަކުރެވިގެން ދާތަން ފެނިގެން ދިއުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު އުފާވެރިކަމެއް. ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ހދ އަތޮޅުގައި ބޭއްވިގެންދާނެކަމުގެ ޔަގީންކަން އަރުވަން.“ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީގައި އުރީދޫ ފަން ރަން ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ހަރަކާތުގައި އަތޮޅުގެ އެކި ކަންކޮޅުތަކުން މީހުން އެއްތަނަކަށް އެއްވެ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި އާއި މުޖުތަމައުގެ ރޫހު އާލާކޮށްފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވި ގޮތުގައި އުރީދޫ ފަން ރަން އިވެންޓް މެނޭޖްމަންޓާއި ކޯޑިނޭޝަނުން ފެށިގެން މުނިފޫހިފިލުވުމުގެ ހުރިހާ ކަމެއްގައި 'ބޮޑު ތިލަދުންމަތީ' މުޖުތަމައުގެ ހުނަރުވެރި ބޭފުޅުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައެވެ.

"އުރީދޫ މޯލްޑިވްސް އިން މި ފާހަގަކޮށްލެވޭ އިވެންޓް އަޅުގަނޑުމެންގެ ސިޓީގައި އިންތިޒާމުކޮށް މި ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ފެނިގެންދިއުން." ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް

އުރީދޫ މޯލްޑިވްސްއިން ވަނީ އިވެންޓް ޕާޓްނަރުން – ހޯސްޓް ޕާޓްނަރ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން މި ހަރަކާތް ރާވައި ހިންގުމުގައި ވެދެއްވި އެއްބާރުލުމާއި އެއްބާރުލުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން މިހާރު ވެސް އަންނަނީ މި އަހަރުގެ ފަހުކޮޅު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގެ ކުރިއަށް އޮތް އެޑިޝަނަށް ތައްޔާރުވަމުންނެވެ.

ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރައްޖޭގެ އިތުރު ސަރަހައްދުތަކަށް ފުޅާކޮށް، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.