ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله-- ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
06 May 2023 | 16:29
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ އެންމެ ގަދަޔަށް ދައްކާ މީހަކަށް ކަމަށް އެބަ ދެކެވޭ: ޢިމްރާން

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ އެންމެ ގަދަޔަށް ދައްކާ މީހަކަށް ކަމަށް އެޕާޓީގެ މެންބަރުން ގަބޫލު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީީއެމްގެ އިތުރުން އެހެން ޕާޓީ ތަކުންނާއި އެމްޑީޕީގެ މެންބަރުންވެސް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

އެކަމާއި ގުޅުވައިގެން ޕީޕީއެމަށް އަމާޒުކުރައްވައި ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ ހޫނު ކުރުމަށް އެންމެ ގަދަޔަށް ވާހަކަ ދައްކަވާ، އެކަމުގައި އެންމެ ކުރީ ސަފުގައި މުޒާހަރާކުރާ، ބޭފުޅަކަށް ކަމަށް ގަބޫލުކޮށް، އެކަމަށް ފައި ނަންގަވާ ބޭފުޅުން ގިނަވާކަން ފާހަގަވާން ފަށައިފިކަމަށެވެ. 

ޢިމްރާން މިފަދައިން ވިދާޅުވެފައި ވާއިރު، 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމާމެދު ޕާޓީގެ ލީޑަޝިޕްގައި އެއްވެސް ކަހަލަ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވާދަނުކުރެވޭނެ ހާލަތަކާއި ދޭތެރޭގައި ވިސްނުން ނުގެންގުޅުއްވާކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. 

އަދި ރައީސް ޔާމީންގެ މައްޗަށް ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އަލީ ބިން ޔޫސުފް
ސަލަފުންވެސް އެ ވާހަކަ މިފެށީ ތިޔަހެންވެގެން ކަމަށް ވެދާނެއެވެ. ޢައްޔަ ކުރިމަތި ލާންވީ ނޫން ހެއްޔެވެ؟
06 May 2023
ވ
ދެކެވެނީކީނޫ އެއީ އިމުރާނުގެ ބޮޑުވެގެންވީ ބުހުތާނުދޮގު މަތިމައްޗައްދޮގު ދޮގުންޖަރީވާނީދެންތި ަރަށް
06 May 2023
ޠިސް
ޢިމްރާނަކީ ފިނޑިއެއް އަނގަމަޑުންޅައިގެން ހުރޭ
06 May 2023
ގައުމުދެކެ ލޯބިވާ
މަނިކުފާނަށްވެސް ތިޔަ މިނިސްޓަރުކަން ލިބިގެން ތިއުޅެނީ މަރްހޫމް ޑރ އަފްރާޝީމް ޝަހީދު ކުރިމީހުންގެ ހެކިތަކާއި އެކު އެހާ ރަނގަޅަށް ހޯދައިދިނީމައެއް ނޫންތަ؟
07 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.