އިދިކޮޅުން ނަޝީދާއި ބައްދަލުކުރެއްވުން/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
08 May 2023 | 12:51
ކަނޑުގެ ސަރަހައްދު ވިއްކާލި މައްސަލައިގައި ޕީޕީއެމުން ރައީސް ނަޝީދާއި މަޝްވަރާކޮށްފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އިހުމާލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމަށް ބުނާ މައްސަލައާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮތްޕާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ. 

އެ ފަދަ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމަށްފަހު ނަންގަވާފައިވާ ފޮޓޯއެއް ވެސް އަބްދުއްރަހީމް ވަނީ ޓްވީޓާގައި ހިއްސާކުރައްވާފަ އެވެ. 

އަބްދުއްރަހީމް ހިއްސާކުރެއްވި އެ ފޮޓޯގައި އޭނާގެ އިތުރުން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމާއި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހުންނެވިތަން ފެނިގެން ދެއެވެ. އަދި ނަޝީދުގެ އަރިހުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. 

ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާއި ގުޅޭގޮތުން އިޓްލޮސްއަށް ހުށައެޅުނު މައްސަލައިގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައިވާ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފާހަގަކޮށް ކުރީގެ ބަންޑާރަ ނައިބުންނާއި، ކުރީގެ ބައެއް ވަޒީރުން އަދި ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އަދި އެ މައްސަލައިގައި ދެން އިތުރަށް ކުރެވެން ހުރި ކަންކަން ބަލާ ރައްޔިތުންގެ ހައްގުގައި ސަރަހައްދު ހިމާޔަތް ކުރުމަށް ކުރެވެން ހުރި ކަންކަން ގުޅިގެން ކުރިއަށް ގެންދިއުމަށް ބައެއް ޕާޓީތަކުން ވަނީ ނިންމަވާފައެވެ. 

އެގޮތުން ސިޔާސީ ގޮތުން ޚިޔާލުފަތާތުވުންތައް ހުރި ނަމަވެސް އެކަންކަން އެއް ފަރާތްކޮށް ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔަ މި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް ޕީޕީއެމްއާއި، ޖޭޕީއާއި، އެމްއާރުއެމް އަދި އެމްޑިޕީގެ ފިކުރެއްގެ ދިރުން ގޮފިން ވަނީ ނިންމާފަ އެވެ. 

މި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އިރުޝާދުދެއްވާފައިވާކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ. 

އެހެންކަމުން އިދިކޮޅުން ނަޝީދާއި ބައްދަލުކޮށް މި މައްސަލައިގައި ކުރިއަށްދާނެ ގޮތަކާއި ގުޅިގެން މަޝްވަރާކޮށްފައިވަނީ އެ އިރުޝާދުގެ ދަށުންކަމަށް ބެލެވެއެވެ. 

ޕީޕީއެމުން ވަނީ މީގެކުރިންވެސް ސިޔާސީ ޕާޓީތަކާއެކު މި މައްސަލައިގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ. 

މި ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކުން ނިންމަވާފައިވާ ކަންކަން ހާމަކުރައްވާފައި ނުވި ނަމަވެސް، ރައްޔިތުންގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރެވޭނެ ގޮތެއް އޮތް ތޯ ބަލައި، އެކަން ކުރައްވާނެކަމުގެ ޔަގީންކަން ޕީޕީއެމުން ވަނީ ދީފައެވެ. އަދި އިޓްލޮސްގެ މި ނިންމުން ބޮލާލާ ޖައްސަވާނެކަމަށް ރައީސް ޔާމިންވެސް ވިދާޅުވެފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.