ސައީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
10 May 2023 | 11:55
ދަރަންޏަކީ މިހާރު ސަރުކާރުން ވާހަކަ ދައްކަން ބޭނުންވާ މައުޟޫއެއް ނޫން: ސައީދު

ދަރަންޏަކީ މިހާރު ސަރުކާރުން ވާހަކަދައްކަން ބޭނުންވާ މައުލޫއެއް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ ޖުމްލަ ދަރަނި 120 ބިލިއަން ހުރަސްކޮށްފައިވާއިރު، އަދި ސަރުކާރުގެ ދަރަނި އިތުރުވަމުންދާ ދިއުމާއި ގުޅިގެން ވޯލްޑް ބޭންކު ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދަރަނި ކުޑަ ކުރުމަށް އަންގަމުން ދިޔަ ނަމަވެސް އެކަންކަމަށް ސަރުކާރުން އަޅާނުލާކަން ފާހަގަކޮށް ޗެނަލް-13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނެވެ. 

ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ދަރަނި އިތުރުވީ ހަމައެކަނި ކޯވިޑް-19 ގެ ސަބަބުންކަމަށް ބުނުމަކީ ސަރުކާރުން އޮޅުވާލާ އޮޅުވާލުމެއް ކަމަށެވެ. 

"ގެންނަވާ ހިތަށް، ގާތްގަނޑަކަށް 24 މަސް ދުވަހުގެ ވާހަކަ މި ދަންނަވަނީ. މި 24 މަސް ދުވަހު ކިހެނެއްތޯ ސަރުކާރު ގައުމު މެނޭޖުކުރީ، މާނައަކީ ކޯވިޑާއި ހެދިތޯ ގައުމު މިހާލަތަށް ވެއްޓުނީ. މި ވިސްނުންފުޅުގައި ބަހައްޓަވާތި. ބަލާއިރު ރާއްޖެއަށް އެންމެ ބައި ރުފިޔާއެއް ނުލިބުނު ނަމަވެސް މި ދެންނެވި 24 މަސް ދުވަހު ރާއްޖެއަށް އެންމެ ބޮޑު ލާރިއެއް ނުލިބުނު ނަމަވެސް ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާއެއް ނެތް ނަމަވެސް ބޭރު ގައުމުތަކުން ދީފި އެ 24 މަސް ދުވަސް ރާއްޖެ ހިންގޭވަރަށް ފައިސާ، ކޯވިޑް މެނޭޖު ކުރެވޭ ވަރަށް ފައިސާ"

މާވަށު ދާއިރާގެ މެމްބަރު/ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 

ސައީދު ވިދާޅުވީ ކޯވިޑަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ރިސޯޓުތައް ފުރި ބާރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ލިބެމުން އައި އާމްދަނީ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ދަރަނި އިންތިހާއަށް ދިޔައީ މައްޗަށް ކަމަށާއި، ނެލި ދަރަނިން ކުރި ކަމެއް ވެސް އުވަތަ ރައްޔިތުންނަށް ފައިދާހުރި އެސެޓެއްވެސް މިހާތަނަށް އުފެއްދިފައި ނުވާކަމަށް ސައީދު ވިދާޅުވި އެވެ. 

ދައުލަތުގެ ދަރަނީގެ ވާހަކައަކީ މިއަދު ވަރަށް އާދައިގެ ވާހަކައަކަށް ވެއްޖެ ކަމަށާއި، ސަރުކާރުން ހަގީގަތުގައި މިހާރު ދަރަނީގެ ވާހަކަ ވެސް ދައްކަން ބޭނުން ނުވާކަމަށް ސައީދު ވިދާޅުވި އެވެ. 

"ބިލިއަނުން މިލިއަނުން ކިޔަމުން ކިޔަމުން ގޮސް މިވެއްޖެ ދެން ވަރަށް އާދައިގެ ކަމަކަށް، 100 ބިލިއަނޭ ބުނީމަ އަބަދު އަޑު އިވި އިވި ނުވޭ އެހާބޮޑު ކަމަކަށް ވެސް. ސަރުކާރުން ވަރަށް އަޅާ ނުލާ މައުލޫއަށް ވެފަ މިއޮތީ" 

މާވަށު ދާއިރާގެ މެމްބަރު/ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 

ސައީދު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުން މިހާތަނަށް 39 ލޯނެއް ވަނީ ނަގާފަ އެވެ. އެ ލޯނުތަކުގެ ތެރެއިން 2022 ވަނަ އަހަރު ނަގާފައިވަނީ ޖުމްލަ 8 ލޯނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މާލޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ރަނގަޅުކުރުމަށް 18 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުން ނަގާފައިވެއެވެ.

ބަޖެޓު ސަޕޯޓު ލޯނެއްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ސީއެފްއެސްއައިޓީން ނަގާފައިވެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވުމަށް އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުން 8.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. އައިއެންޖީއާއި އޭބީއެން އެމްރޯއާއި އިތުރު ބޭންކަކުން ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު ހިންގުމަށް 101.7 މިލިއަން ޔޫރޯ ނުވަތަ 111 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

ކޮވިޑް-19 ހެލްތު ފެސިލިޓީގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން އިތުރު 18 މިލިއަން ޔޫރޯ ނުވަތަ 20.2 މިލިއަން ޑޮލަރު ނަގާފައިވެއެވެ. ފުލުހުސް ސްޓޭޝަންތަކެއް އެޅުމަށް 40 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން، ބޭނުންކުރާ ވަކި ކަމެއް ބަޔާންނުކޮށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އެގްޒިމް ބޭންކުން ނަގާފައިވެއެވެ.

އަތޮޅު ތެރޭގެ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢެއް ހިންގުމަށް ކަމުގައި ބުނެ، އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަނުން 4.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

ފާއިތުވި އަހަރު ނެގި މި 8 ލޯނުގެ ޖުމްލަ އަދަދަކީ 404.5 މިލިއަން އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ އެއީ 6.2 ބިލިއަން ރުފިޔާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.