އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު-- ފޮޓޯ/ ވޮއިސް
ހަބަރު
11 May 2023 | 09:54
ހުޅުމާލޭގެ ޕްލޭން ބަދަލުކުރުމުން ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ސާފުވޭ: އަމްރު

އިންތިހާބަށް ހަތަރު މަހަށް ވެފައިވަނިކޮށް މުޅި ހުޅުމާލޭގެ ރައްޔިތުންނަށް ބޮޑު އާމްދަނީ އެއްހޯދުމަށް ޕްލޭންކޮށްފައޮތް ފުރުސަތު ގެއްލުވާލަން ނިންމާފައިވުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އެވެސް ވަރަކަށް ނެތްކަން ސާފުވާކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސް، ހުޅުމާލޭގެ ޔޮޓް މެރީނާ ސަރަހައްދު ހިއްކަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަމްރު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މާސްޓާ ޕްލޭން އަކީ ދުރު ރާސްތާ ތަރައްޤީ ކުރިއަށްގެންދާނެގޮތް ބައްޓަންކޮށް ފަރުމާކުރުމުގެ މަގުސަދުގައި ތަރައްގީއާ ގުޅޭ އެކު ދާއިރާ ތަކުގެ ސިފަ ތަކާއި، ބޭނުން ތަކަށް ވިސްނުމަށްފަހު، އެންމެ ފައިދާ ހުރި، ނަފާވާ ގޮތްތައް ފާހަގަކޮށްގެން އެކުލަވާލެވޭ ދުރުރާސްތާ ތަސައްވުރެއް ކަމަށެވެ.

އަމްރު ވިދާޅުވީ، ރަށެއް އާބާދުކުރާއިރު އެ ރަށެއްގައި ދިރި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ ފުރުސަތު ހޯދޭނެ ޖާގަ ކަނޑައެޅިފައި އޮންނަން ވާނެ ކަމަށާ، އަދި އެ ރަށެއްގެ މީހުން އިޖްތިމާއީ ކަންކަންކޮށް ހިތްހަމަޖެއްސޭނެ މަގުވެސް ފަހިވެފައި އޮންނަންވާނެ ކަމަށެވެ. 

މިއާއެކު އަމްރު ވިދާޅުވީ، ރަށުގައި ގޯތި ގެދޮރު ހޯދޭނެ މަގު ތަނަވަސްކޮށްދޭން ވާނެ ކަމަށާއި ނަމަވެސް އެ ގޯތި ގެދޮރުގައި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދުކުރުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އޮންނަ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ. 

އަމްރު ވިދާޅުވީ، ކުރޫސް ޝިޕަކުން އެތަށް ހާސް ފަތުރުވެރިންނެއް އަންނަ ކަމަށާއި، ނަމަވެސް މާލެއަށް އަދި ހުޅުމާލެ އަށް ކުރޫސް ޝިޕްތަށް ކައިރި ނުކުރެވޭތީ އެ ބޯޓުން މާލެ ފައިބަނީ މަދު ބައެއް ކަމަށެވެ. އެހެން ކަމުން ހުޅުމާލެއަށް ކުރޫސް ބަނދަރު ކުރެވޭނެ ޓާމިނަލެއް އޮވެއްޖެނަމަ އެކަމުގެ ސަބަބުން ވަޒީފާތަށް އުފެދި އާމްދަނީ އިތުރުވެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ވެގެން ދާނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ހުޅުމާލޭގެ ދިގު ރާސްތާގެ މާސްޓާ ޕްލޭނުގައި އެ ސަރަހައްދުގައި އެކަން ރާވާފައިވަނީ މި ހުރިހާ ކަމަކަށް ކަމާބެހޭ މާހިރުން ވަރަށް ފުޅާކޮށް ވިސްނުމަށްފަހު ކަމަށެވެ.

ނަމަވެސް 5 އަހަރު ވާއިރު، ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވުމުން އިންތިޚާބަށް ހަތަރު މަހަށް ވުމުން މުޅި ހުޅުމާލޭގެ ރައްޔިތުންނަށް ބޮޑު އާމްދަނީ އެއްހޯދުމަށް ޕްލޭންކޮށްފައޮތް ފުރުސަތު ގެއްލުވާލަން ނިންމި ކަމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އެވެސް ވަރަކަށް ނެތްކަން ސާފުވާކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.