ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2023 | 16:19
ކިތަންމެ ވަރަކަށް ކަނޑުން ބައެއް ގެއްލުނޭ ވިދާޅުވިޔަސް ގެއްލުނު ކަމަކަށް ނުވާނެ: މިއުވާން

ޗާގޯސްގެ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކި ކުރި މައްސަލާގައި، އިޓްލޮސް އިން ކުރި ހުކުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވި ނަމަވެސް، ކަނޑުން ބައެއް ގެއްލުނު ކަމަށް ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ފޯޅަވަހީގެ މައްސަލާގައި އިދިކޮޅު މަޖިލިސް މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޓްލޮސްގެ ނިންމުމާއި އެކު ރާއްޖޭގެ ކަނޑުގެ، ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ އެވާހަކަ ތަކަށް ރައްދުދެއްވައި މިއުވާން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އޭގެ ބަދަލުގައި، ފުށުއަރާ ސަރަހައްދުން ރާއްޖޭގެ ބައި ކަށަވަރުވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ނޫޅޭ. ރާއްޖެއާ އެހެން ގައުމަކާއި މީގެ ކުރީގައި ފުށުއަރާފައި އޮތް ސަރަހައްދުން ރާއްޖޭގެ ބައި ކަށަވަރުވެގެން މި ދިޔައީ. ރައްޔިތުންނަށް އޮޅުވާލުމަށް ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން އުޅެނީއޭ ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވިޔަސް އެކަން ހަގީގަތަކަށް ނުވާނެ. 

މިއުވާން މުހައްމަދު 

މީގެ އިތުރުންވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ޗާގޯސް މައްސަލާގައި އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް އެއްގޮތަކަށްވެސް ނޭރޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، ޗާގޯސް މައްސަލާގައިވެސް، އެހެން ވެސް މައްސަލާގައި އިދިކޮޅަށް އެއް ގަލަކަށްނޭރޭ ކަމަށާ، އެ ފަރާތްތަކަށް އެނގޭ ހަމަ އެކަނި އެއްޗަކީ ވެރިކަން ކުރަން ބޭނުންވާ ކަން ކަމަށެވެ. އެހެންނަމަވެސް، ވެރިކަން ކުރާނީ ކާކުތޯއާއި ކިހިނެއްތޯ ވެސް ކަނޑަނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަޅުގަނޑަށް ހިޔެއް ނުވޭ ޗާގޯސް މައްސަލާގައިވެސް އަދި އެހެން މައްސަލައެއްގައިވެސް އެ ބޭފުޅުންނަށް އެއްގަލަކަަށް އަރައި އެއް ވާހަކަ ތަކެއް ދެއްކޭ ހެނެއް. ބައެއް ބޭފުޅުން ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ވިދާޅުވޭ. އަނެއްބައި ބޭފުޅުން ވިދާޅުވޭ ރާއްޖޭގެ ތަނެއް ނޫނޭ. ރާއްޖޭގެ ތަނެއް ނޫނިއްޔާ ކިހިނެއްތޯ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭހެ ސަރަހައްދަކަށް ވަނީ.  

އެބޭފުޅުން އެއްބަސްވާ އެންމެ ކަމެއް މި އޮންނަނީ. ވެރިކަން ކުރަން ހުރިހާ ބޭފުޅުންވެސް ބޭނުންވާ ކަން އެއްބަސްވެވޭ. އެހެން ނަމަވެސް ވެރިކަން ކުރާނީ ކިހިނެއް ކަމެއް. އެއްކޮށްތޯ ވަކިވަކިންތޯ އެބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވޭ. އެހެންވީމާ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަވަން އެބޭފުޅުން އެއްގަލަކަށް އަރައިގެން އެ ވާހަކަ ދައްކަވަނީ

މިއުވާން މުހައްމަދު 

ފޯޅަވަހީގެ ކަނޑުގެ ފުށުއަރާ ސަރަހައްދު ބައި ކުރުމުގެ މައްސަލާގައި ކޯޓުގައި ވަކާލާތު ކުރަމުން ދިޔައިރު ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖެ ތަމްސީލުކުރި ގާނޫނީ ޓީމުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު އަދި އާޒިމާ ޝުކޫރުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އިޓްލޮސްގައި ދިވެހި ސަރުކާރުގެ ފަރާތުން ނަގާފައިވާ ޕޮސިޝަނަކީ ވެސް ޤާނޫނާއި ޚިލާފު ޕޮސިޝަނެއްކަމަށް އެ ފަރާތްތައް ފާހަގަކުރައްވަ އެވެ. 

އެގޮތުން ހަމަޔަށް ބައި ނުކޮށް، ރާއްޖެއަށް މަންފާވާ ގޮތަށް ބަހަން ދިވެހި ދައުލަތުގެ ފަރާތުން ހުށައަޅާފައި ނުވުމަކީވެސް ޤާނޫނީ ބޭފުޅުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ނުކުތާއެވެ.

އެގޮތުން ޗާގޯސް އަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި، ފުށުއަރާ ސަރަހައްދެއް ހަމައަށް ބައިކުރަން ޖެހޭނީ ގައުމުތަކުގައި މެދުގައި ކަމަށާއި، އެ ސަރަހައްދަކީ ދިވެހިން މަސްވެރިކަން ކުރަމުން އަންނަ ސަރަހައްދަކަށް ވެފައި، މޮރިޝަސްއަކީ މަސްވެރި ގައުމަކަށް ނުވާއިރު، ދާ އަޅަން ލައިސެންސް ދޫކުރާ ގައުމަކަށް ވުމުން، އެތަން އެމީހުންނަށް ލިބިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކައަކީ ދިވެހި ދައުލަތުން ކޯޓުގައި ދައްކަން ޖެހޭނެ ވާހަކަތަކެއް ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.