ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ވޮއިސް
ހަބަރު
11 May 2023 | 19:18
ސިޔާސީ ޚިޔާލުތަފާތުވުމަކީ ޤައުމީ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫން: އަބްދުއްރަހީމް

ސިޔާސީ ޚިޔާލުތަފާތުވުންތަކަކީ ޤައުމީ ކަންކަމުގައި ގެންގުޅޭ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ދިއުމާއި ގުޅިގެން އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ޒިންމާ ކުރުވުމަށް ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަން ނިންމާ، އެ މަސައްކަތުގެ ތެރެއިން ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް މައްސަލައެއް ހުށައަޅާ އެކަން އިއުލާނު ކުރުމާއި ގުޅިގެން، އެ މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އަބްދުއްރަހީމްގެ އެ ޓްވީޓުގައި ވަނީ އެ މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އިއްތިހާދުގެ މެމްބަރުން ފެނިގެންދާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފަ އެވެ. 

ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އިއްތިހާދު 

އޭނާ ވިދާޅުވީ އެ ފޮޓޯއިން ފެނިގެން ދަނީ ސިޔާސީ ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް ޤައުމުގެ ހައްގުގައި ބަސް ބުނަން ކެރޭ ފަރާތްތައް ދިވެހިންގެ ތެރޭގައި އަބަދުވެސް ތިބޭނެކަމުގެ މަންޒަރުތައް ކަމަށެވެ. 

މި މައްސަލައިގައި ޤައުމީ ވިސްނުން އިސްކުރެއްވި ހުރިހާ ލީޑަރުންނަށް ވަކިން ޚާއްސަކޮށް މިވަގުތު ޖަލުހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓޫ އަބްދުالله ޔާމިން އަބްދުލްގައްޔޫމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޗާގޯސް އާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދުގެ މައްސަލަ ޙައްލުކުރުމަށް މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައަޅާ، މައްސަލައިގެ ހުކުމާއި ހަމަޔަށް ވާސިލްވެފައި ވަނިކޮށް ރައީސް ޔާމިންގެ އިރުޝާދަށް ޕީޕީއެމުން ވަނީ އިޓްލޮސްއަށް ސިޓީއެއް ފޮނުވާފަ އެވެ. އެފަހުން އެހެން ބައެއް ސިޔާސީ ޕާޓީތަކުންވެސް ރައްޔިތުންގެ ފަރާތުން އިޓްލޮސްއަށް ސިޓީތައް ފޮނުވާފައި ވެއެވެ. 

އެ މައްސަލައާއި ގުޅިގެން ރައީސް ޔާމިން ވިދާޅުވީ އިޓްލޮސްއިން ނިންމި މައްސަލަ ބޮލާލާ ޖައްސަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތާއި ރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާ ކަމަށެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދަނީ އެ މަސައްކަތް ކަމަށާއި، އެ ޕާޓީތަކާއި އެކު ކުރީގެން ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރާއި އާޒިމާ ޝުކޫރުވެސް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން ނެވެ. 

ކޮމެންޓް
އިއްބެ
ރަނގަޅުފުލެޓެއްއަޅައިފިއްޔާފޭރިގަތމަކީޚިޔާލުތަފާތުވާންޖެހޭކަމެއްނުން
11 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.