އިންޑިޔާގެ ތާރީޚީ އިލްމުވެރިއެއް ކަމަށްވާ އިރްފާން ހަބީބު-- އަލްޖަޒީރާ
ހަބަރު
17 May 2023 | 09:47
"'ހިންދޫ' އެބަހަކީވެސް ޢަރަބި ބަހެއް. އިންޑިޔާ ސަރުކާރުން ކީއްވެ އެ ބަސް އެއްލާ ނުލަނީ އެ"

އިންޑިޔާގެ ބީޖޭޕީ ސަރުކާރުން އަންނަނީ އެގައުމުގެ ސުކޫލްތަކުގެ ޓެކްސްޓް ފޮތް އެޤައުމުގެ ތާރީޚާއި ގުޅިފައިވާ މުސްލިމުންގެ ވާހަކަތައް އުނިކުރަމުންނެވެ. 

އެގޮތުން، އެގައުމުގައި ހުރި ހަތް އަޖާއިބުން ކުރެ އެއް އަޖާއިބު ކަމުގައިވާ ތާޖު މަހަލަ ބިނާ ކުރިއިރު ވެރިކަން ކުރަމުން އައި މުގަލް އެމްޕަޔަރ އާއި، ތާޖު މަހަލް ބިނާ ކުރި ވާހަކަ އާއި، އިންޑިޔާގެ ތާރީޚާއި ގުޅިފައިވާ މުސްލިމުންގެ ނަންތަކާއި އެމީހުންގެ ހޯދައިފައިވާ ކުރިއެރުންތައްވެސް މިހާރު ވަނީ ގިނަ ޓެކްސްޓް ފޮތްތަކުން އުނި ކޮށްފައި ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކޮށްފައިވެއެވެ.  

މީގެ އިތުރުން 2002 ވަނަ އަހަރު ހިންދޫން މުސްލިމުންނާއި ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގެ ވާހަކަތައް އުނިކޮށްފައިވާއިރު، އިނގިރޭސީންގެ އަތުން އިންޑިޔާ މިނިވަންކުރުމަށް އެތައް މަސައްކަތްތަކެއް ކުރި މަހާތްމާ ގާންދީ އާ ގުޅޭ ތަރީޚީ ވާހަކަތަކާއި ގާންދީ އިންޑިޔާ މިނިވަން ކުރުމަށް ކުރި މަސައްކަތް ތައްވެސް ވަނީ އުނިކޮށްފައެވެ. އަދި އިނގިރޭސީންގެ އަތުން އިންޑިއާ މިނިވަންކުރުމުގައި މުސްލިމުން އަދާކުރި ދައުރުވެސް އެ ފޮތްތަކުގައި މިހާރު ނެތް ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. 

ހިންދީ ބަހުގެ ލެކްޗަރާއެއް ކަމަށްވާ އަޕޫރްވާނަންދު އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ މި މަސައްކަތަކީ އިންޑިޔާ ހިންދޫންގެ ޤައުމަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ހިންދޫންގެ ދިރިއުޅުމުގެ ވައްޓާފާޅި އިންޑިޔާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ.

އިންޑިޔާ ސަރުކާރުން އެގައުމުގެ ތަރީހުގައި މުސްލިމުން އަދާކުރި ދައުރު ފޮހެލަން ކުރަމުންދާ މި މަސައްކަތާއި ގުޅިގެން، އެގައުމުގެ ތާރީޚީ ޢިލްމުވެރިއެއް ކަމަށްވާ އިރްފާން ހަބީބު އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ވަނީ، ދަރިވަރުންނަށް ފަސޭހަ ކުރުމުގެ ނަމުގައި ސަރުކާރުން އެ ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ، ތާޖު މަހަލް އަކީ އިންޑިޔާ އަށް އެތަށް ޑޮލަރެއް އެތެރެ ކުރުމަށް އެހީވެދޭ އެއްޗެއް ކަމަށާ، މުސްލިމުން ބިނާ ކުރި އެ ބިނާ އަކީ އެންމެ ކުރިން ހިންދޫ އިންގެ ފައްޅިއެއް ކަމަށް ދެއްކުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މިއާއެކު އިންޑިޔާގެ ބީޖޭޕީ ސަރުކާރުން ކުރަމުން އަންނަ އެ މަސައްކަތުގެ އަސްލު މަގުސަދާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެފަދައިން ކަން އެކުރަނީ މުސްލިމުންގެ ތާރީޚާއި މުސްލިމުންވެސް އެގައުމުން އެއްކޮށް ފޮހެލުމަށް ކަމަށެވެ. 

"އެމީހުން މަސައްކަތް އެކުރަނީ މުސްލިމުން މި ގައުމު (އިންޑިއާ) އިން ފޮހެލަން. އެކަމަކު އަހުރެން އެމީހުންނަށް އެއްޗެއް ކިޔައިދޭން ބޭނުން. 'ހިންދޫ' އެ ބަހަކީވެސް ފުރަތަމަ ޢަރަބި ބަހެއް. އެމީހުން ކީއްވެ އެންމެ ކުރިން އެ ބަސް އެއްލާ ނުލަނީއެ؟ އެ ދީނަކީވެސް އެ ގައުމަށް ގެނެވިފައިވާ އެއްޗެއް." ހަބީބު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. 

އިންޑިޔާގެ ސަންސްކްރިތް އިން ހުރި ލިޔެކިޔުންތަކުގައިވެސް 14-15 ވަނަ ގަރުނާއި ޖެހެންދެން 'ހިންދޫ' އެބަސް ފެންނަން ނެތް ކަން ހަބީބު ވަނީ ފާހަގަ ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.