ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 May 2023 | 11:36
ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއްވެސް ކޯޓަކަށް ނޭންގޭނެ: ޑރ ޖަމީލު

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވާ ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުއްލާފައިވާ ދައުވާތަކުގައި، އެމަނިކުފާނާއި ދެކޮޅަށް އެމްއެމްޕީއާރުސީގެ ޚިޔާނާތް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިގަންނަން އެއްވެސް ކޯޓަކަށް ނޭންގޭނެކަމަށް ރައީސް ޔާމިންގެ އިސް ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމާއި ގުޅޭގޮތުން ސުޕްރިމް ކޯޓުގައި ކުރިއަށް ދިޔަ ފުއްގިރި މައްސަލައިގައި ނިންމާފައިވާ ނިންމުން ސާފުކޮށްދެއްވަމުން ނެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ އެއް ކުށަކަށް ތުހުމަތު ކުރެވޭ މީހުންގެ ހެކިބަސް އެކަކު އަނެއްކަމުގެ މައްޗަށް ނެގުމާއި، އަދާވަތްތެރިންގެ ހެކިބަސް ޤަބޫލުކޮށްގެން ނުވާނެކަމަށް ނުވަތަ ޖާއިޒެއް ނުވާނެކަމަށް އިސްލާމީ ޝަރީއަތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ވެސް އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފއިވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ސުޕްރިމް ކޯޓާއި ހަމަޔަށް ދިޔައީ އެމީހުންގެ ހެކިބަސް ބަލައިގަނެދާނެތީއެއް ނޫން،.. އެމީހުންގެ ހެކިބަސް ބަލައެއް ނުގަނެވޭނެ. ސުޕްރިމް ކޯޓަށް ކަނޑައެޅޭ ކަމެއް ނޫން. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނަނީ ދިވެހިރާއްޖޭގެ ޝަރީއަތް ކުރާ ޤާނޫނުގެ މަސްދަރަކީ އިސްލާމީ ޝަރީއަތޭ"

ރައީސް ޔާމިންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލުގެ ވާހަކައިގައި ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަލައިނުގަތުމަށް ސުޕްރިމް ކޯޓަށް ހުށައެޅި ސަބަބަށް އަލިއަޅުވާލައްވާފަ އެވެ. 

އެކަމަށް އަލިއަޅުވާލައްވާ ޑރ ޖަމީލު ވިދާޅުވީ އަލަށް ވުޖޫދުވެގެން އައި ހެއްކާއި ބެހޭ ޤާނޫނުގައި އެއްގޮތަކަށް ވެސް ކޯޓަށް ބަލައިގަނެގެން ނުވާނެ ހެކިތަކެއް ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ހެކިތަކުގެ ތެރޭގައި އަދާވާތްތެރިކަން އޮތް ފަރާތްތަކުގެ ހެކިތައްވެސް ހިމެނޭކަމަށެވެ. 

އެހެންކަމުން މީގެ ކުރިން އަމަލުކުރެވެމުން ދިޔަ ގަޮތާއި ޚިލާފަށް، ހެއްކާއި ބެހޭ ޤާނޫނުން އެކަން ކަނޑައަޅާފައި ވުމުން، އެކަމުގައި އަމަލުކުރަންވީ ގޮތުގެ ޤާނޫނީ ޙައްލެއް ލިބެން ޖެހޭތީ މައްސަލަ އިސްތިއުނާފުކުރީ އެ ޙައްލު ހޯދުމަށްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެއާއެކު ޑރ ޖަމީލު ވިދާޅުވީ ސުޕްރިމް ކޯޓުން ރައީސް ޔާމިންގެ ފަރާތުން ހުށައެޅުއްވި ކަންކަމަށް ޙައްލު ލިބިގެން ގޮސްފައިވާކަމަށެވެ. ސުޕްރިމް ކޯޓުން ފަހަރެއްގައިވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމާފައި ނުވާކަނަށް ޑރ ޖަމީލު ފާހަގަކުރެއްވި އެވެ. 

ޑރ ޖަމީލު ވިދާޅުވީ މި މައްސަލަ ކުރިއަށް ދާއިރު އަދިބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެ މީހުންގެ ހެކިބަހާއި ނުލާ ރައީސް ޔާމިނަށް ދާދި ފަސޭހައިން ފުއްގިރި މައްސަލަ ކާމިޔާބުކުރެވިގެންދާނެ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ކޮމެންޓް
އަލިބެ
މިދިވެހިރާއްޖޭގެ އެންމެންނަށް ސްޕްރީމް ކޯރޓްގެ ހުކުމް އިވުނުގޮތާއި މީނައަށް މިއިވުނުގޮތާއި ވަރަށް ތަފާތެވެ. ޖަމީލަށްވެސް ހިނދުކޮޅު އަންނަނީ ކަމަށް ވަރަށް ހީވެއެވެ. ނޫނީ ގުރައިދޫއިން ޖާގައަކަށް ރެޑީ ވަނީއެވެ.
17 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.