ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 May 2023 | 12:10
ޕީޕީއެމް ނޫނީ މެދުނުކެނޑި 5 މަސް ދުވަހު މުޒާހަރާ ކުރެވުނު އެއްވެސް ޕާޓީއެއް ނެތް: އަބްދުއްރަހީމް

ޕްރޮގްރެސިވް ޕާޓީ އޮތް މޯލްޑިވްސް (ޕީޕީއެމް) ނޫނީ ވިދިވިދިގެން 5 މަސް ދުވަހު މެދުކެނޑުމެއް ނެތި މަގުމަތީ މުޒާހަރާތައް ކުރިއަށް ގެންދެވުނު އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނެގްކަމަށް އިދިކޮޅު އިއްތިހާދު (ޕީޕީއެމް-ޕީއެންސީ ކޯލިޝަން) ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ލީޑަރުގެ ހައްގުގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރި ޕާޓީއަކަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަން ވާނެ ކަމަށެވެ. ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ޔާމީންގެ ހައްޤުގައި އެ ވެވަޑައިގަންނަވާ ގުރުބާނީއަކީ މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން އެމީހުންގެ ލީޑަރެއް ދިފާއުކުރުމަށް ވީ ގުރުބާނީއެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

އެވާހަކައާއި ގުޅުވާ އަބްދުއްރަހީމް ވަނީ ރައީސް ޔާމިންގެ ހައްގުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވަކިން ޚާއްސަކޮށް ޕީޕީއެމްގެ މުޒާހަރާތަކުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. 

"ރައީސް ޔާމިންގެ ހައްޤުގައި ރައީސް ޔާމިންގެ ސަޕޯޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީތަކަށް ކުރެވުނު މަސައްކަތެއް ނޫން. މެދުކެނޑުމެއް ނެތި 5 މަސް ދުވަހު މުޒާހަރާކުރެވުނު އެއްވެސް ސިޔާސީ ޕާޓީއެއް މި ރާއްޖެއަކު ނެތް. މިކަމުގެ އެންމެ ބޮޑު ޝުކުރެއް އަޅުގަނޑު އަދާކުރާނީ ރައީސް ޔާމިނަށްޓަކައި ޖާނާ މާލުން ގުރުބާން ވަމުންދާ އަންހެން ކަނބަލުންނަށް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިންގެ ޤާނޫނީ ޓީމަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ކޯޓުން އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޮތް ކަމަށެވެ. 

މިހާރު އެމަނިކުފާނުގެ ސަޕޯޓަރުން ކުރައްވަންވީ ކަމަކީ ރައީސް ޔާމިންގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެގޮތުން އެމަނިކުފާނު މިނިވަންވެ ވަޑައިގެން ސިޔާސީ މަސައްކަތާއި ގުޅިވަޑައިގަންނަވަންދެން މަޑުނުކޮށް، ރަށްރަށުގައި ކެމްޕޭނު ހަރަކާތްތައް ފެށުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ރަށްތަކަށް ކެމްޕޭނު ދަތުރުތައް ފައްޓަވާނެކަމަށެވެ. 

އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައީސް ޔާމިން އަނބުރާ ވެރިކަމަށް ގެނެވޭނެ ކަމަށާއި، ރައީސް ޔާމީންގެ ސަޕޯޓަރުންގެ ހިތްވަރު އެލުވާނުލާ މިހާރަށްވުރެ އަޒުމު ވަރުގަދަކޮށް އަންނަ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ހުސޭނުބެ
ތިޔަ ކުރެވުނީ ވަރަށް މޮޅުކަމެކެވެ. އާންމުންނަށް ދުއްޕާން ކުރުމުގެ ރިކޯޑެއް ހެދުނީއެވެ. ތިޔަކަން ތިކުރެވުނީ މި ސަރުކާރު އޮތީމައެވެ. ޕީޕީއެމްގެ ވެރިކަމެއްގައި ނަމަ، ތިޔައެންމެން މުޒާހަރާކުރަން ތިބެވުނީހީ ދޫނިދޫ ކުޑަގޮޅީގައެވެ.
17 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.