ރައީސް ޔާމިނުގެ އަތްޕުޅަށް ރިޔާސީ ޓިކެޓު އަރުވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 May 2023 | 13:01
ހަފްތާ ބަންދަށް ފަހު ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނު ދަތުރުތައް ފަށަނީ!

މި ހަފްތާ ބަންދަށްފަހު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕޭނު ފަށާ، ލީޑަޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ވަޑައިގަންނަވާނެކަމަށް އިދިކޮޅު އިއްތިހާދުން ހާމަކޮށްފި އެވެ. 

އެކަން ހާމަކުރައްވާފައި ވަނީ ޕީޕީއެމް މައި އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި، އިދިކޮޅު އިއްތިހާދު ވަގުގީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ މިއަދު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހިފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން މި ހަފްތާ ބަންދު ނިންމާ އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ކެމްޕޭނު ދަތުރުތައް ފައްޓަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ކެމްޕޭނު ދަތުރަށް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މިހާރު ލީޑަޝިޕްގެ މެދުގައި މަޝްވަރާތައް ވެސް ކުރެވިފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން ކުރަންވީ ކަމަކީ އެހެން ހުރިހާކަމެއް ހުއްޓާފަ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރަންވީ. އަޅުގަނޑުމެންގެ ލީޑަޝިޕްގެ މެދުގައި ވާހަކަދައްކާފަ އޮންނާނީ މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކު އަޅުގަނޑުމެންގެ ޓީމުތައް އަތޮޅުތެރެއަށް ދަތުރުކުރަމުން ގެންދާގޮތަށް. ރައީސް ޔާމިނުގެ ކެމްޕޭނުގައި"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ނިންމާފައިވަނީ އިދިކޮޅު އިއްތިހާދުގެ ޖޮއިންޓް ކައުންސިލްގެ އިއްތިފާގުންނެވެ. އެމަނިކުފާނަށް ރިޔާސީ ޓީކެޓު ރަސްމީކޮށް ހަވާލުކުރައްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގެ ތެރެއިން ނެވެ. 

އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ވ އާރަށުގެ މައްސަލައާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ގެންދަވަނީ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ނެވެ. 

އާރަށު މައްސަލައާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއްކަން ފާހަގަކޮށް އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، ވަރަށް އަވަހަށް އެ މައްސަލަ ފެށިގެންދާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. 

އެ މައްސަލަ ކާމިޔާބުކުރައްވާ ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޤާނޫނީ ޓީމުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

އެ ޔަގީންކަމާއެކު އިދިކޮޅުން ރިޔާސީ ކެމްޕޭނު ފަށާއިރު، މި އިންތިޚާބުގައި ރައީސް ޔާމިން ވާދަކުރައްވާ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.