މެމްބަރު ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
18 May 2023 | 12:15
ފެނަކަ ކުރިމަތީ މުޒާހަރާ ކުރީ ފެނަކަ އެމްޑީ އަންގައިގެން: މެމްބަރު ނަޝީދު

ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ކުންފުނިތަކުން ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސް ކުރިމަތީ މުޒާހަރާ ކުރީ އެ ކޯރަޕޭޝަން މެނޭޖިން ޑިރެކްޓަރު ސައީދު އަންގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި، އެކުންފުނީގެ މެނޭޖުމަންޓު އަދި ފައިނޭންސް އޮޑިޓެއް ހެދުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ. 

އޭނާ ވިދާޅުވީ ފެނަކަ މައި އޮފީސް ކުރިމަތީ ފެނަކައިން ފައިސާ ދޭން ޖެހޭ ކުދި ވިޔަފާރިވެރިން ލައްވާ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޒާހަރާ ކުރުވީ ފިނޭންސްއިން ފައިސާ ހޯދުމަށް ކަމަށެވެ. 

މިހާރުވެސް ކުދި ވިޔަފާރިތަކަށް ފެކައިން ދޭންޖެހޭ 2.8 ބިލިއަން މިހާރު ވެސް ފެނަކައިން ކުދި ވިޔަފާރިތަކަށް 2.8 ބިލިއަން ރުފިޔާ ދަރާފައިވާއިރު، އެ ކުންފުންޏަށް ވަންނަ ފައިސާއަށް ހަދާ ނުހަދާއެއް ނޭނގޭކަމަށް މޮސްޓާ ވިދާޅުވި އެވެ. 

" ފެނަކައިން 2.8 ބިލިއަން ރުފިޔާއާއި ހަމަޔަށް ދަރަންޏެއް އެބޮތް. ކޮންކަމެއް ކުރަންކަމެއް، ކޮންކަމެއް ހާސިލުކުރަން ކަމެއް ނޭނގޭ. އެންމެ ފަހުންވެސް ފެނަކަ ކައިރީ މުޒާހަރާކުރީ ފެނަކަ އެމްޑީގެ އެންގެވުމަކަށް. ފެނަކައަށް ފިނޭންސްއިން ފައިސާ ދޫނުކުރެއޭ ކިޔާފަ މި ރުފިޔާ ހޯދަންވެގެން ފެނަކަ އެމްޑީ ބުނެގެން މުޒާހަރާ ކުރީ"

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ)

އޭގެ އިތުރުން މޮސްޓާ ވަނީ ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. 

އެގޮތުން ވާދޫގައި ސައީދު އަމިއްލަ ގެކޮޅު ގަނޑުވަރެއް ފެންވަރަށް ހަދާފައިވާ ކަމަށާއި، އޭގެ އިތުރުން ސްރީލަންކާގައިވެސް ގެއެއް ހަދާފައިވާކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ހަމައެހެންމެ އެ މަގާމުގައި ހުންނަވައިގެން މިހާރު ސައީދު ގެންދަވަނީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

މި ހުރިހާ ޚަރަދެއް ކުރައްވަމުންދާއިރު، ފެނަކައަށް ފިނޭންސްއިން ފައިސާ ނުލިބޭކަމަށް ބުނެ ވިޔަފާރިވެރިން ލައްވާ މުޒާހަރާ ކުރުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް މޮސްޓާ ވިދާޅުވި އެވެ. 

ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅުކަމަށް ބުނެ އައި ސަރުކާރު މިއަދު ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާ މިންވަރު ހަމައެކަނި ފެނަކަ ކުންފުންޏަށް ބަލާލުމުން ހާމަވެގެންދާކަމަށް މޮސްޓާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އެމްޓީޑީސީގެ އެމްޑީކަމުގެ މަގާމަށް ޙާރިޘް
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޙާރިޘް އައްޔަނުކުރައްވާފައިމިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.