ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދު
ހަބަރު
25 May 2023 | 16:26
ފާޑުކިޔުންތައް ބޮޑުވެ މަޖިލިސް ޖަލްސާތައް ލައިވް ކުރަން އަނެއްކާވެސް ޕީއެސްއެމުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް "މާ ހޫނު ވަނީ" ކަމަށް ބުނެ ލައިވް ނުކުރަން ދައުލަތުގެ މީޑިއާއިން ނިންމި ނިންމުމާއި ގުޅިގެން ޢަމާޒުވި ފާޑުކިޔުންތަކާއިއެކު، އެ ނިންމުން ބަދަލުކޮށް އަލުން ޖަލްސާތައް ލައިވްކޮށް ދައްކަން ނިންމައިފިއެވެ.

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރަށާއި، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ގިނަ ފާޑުކިޔުންތަކެއް މެންބަރުން އަންނަނީ އަމާޒު ކުރައްވަމުންނެވެ. ޚާއްޞަކޮށް އިޓްލޮސްގެ މައްސަލައާއި، އަދި ފާއިތުވެދިޔަ ދެ ދުވަހު، މަޖިލީހުގެ ރައީސް މުހައްމަދު ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން ބޮޑެތި ތުހުމަތު ތަކާއި ފާޑުކިޔުއްތައް ރައީސް ޞާލިހަށް އަމާޒުވެ މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލަންޖެހޭ ފަހަރުތައްވެސް ވަނީ ގިނަވެފައެވެ. 

އެފަދަ ދަނޑިވަޅެއްގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ވަނީ އިއްޔެއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ލައިވް ނުކުރަން ނިންމާފައެވެ. އެކަމާއި ގުޅިގެން "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވަނީ އެފަދައިން ކަން ކުރެއްވީ މަޖިލިސް ހޫނުވުމުން މެންބަރުން ބޭނުން ކުރައްވާ ބަސްތަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ. 

"މަޖިލިސް ލައިވް ކުރާއިރު އަޅުގަނޑުމެންނަށް އޭގެ ކޮންޓްރޯލެއް ނޯންނާނެ އެ ދައްކާ ވާހަކައަކަށް. އަޅުގަނޑުމެން އެންމެން މަޝްވަރާކޮށްފައި ނިންމީ މި ވަގުތަށް ލައިވް ކުރުން ހުއްޓާލަން. މަޖިލީހުގެ ބަހުސްތައް މާ ހޫނު ވީމަ، ބޭނުންކުރާ ބަސްތަކާ މިކަހަލަ ކަންކަމަށް ބަލައިފައި،" އަލީ މިހާރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޕީއެސްއެމްއަށް އަމާޒުވެގެން ދިޔައެވެ. ޚާއްސަކޮށް މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ ދައުލަތުގެ މީޑިއާ އަކީ ސަރުކާރުގެ ޕްރޮގެންޑާތައް ފަތުރަން ބޭނުންކުރާ މެޝިނަކަށް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި ޕީއެސްއެމް އަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކޮށްގެން ހިންގާ ތަނަކަށްވާއިރު، ރައްޔިތުން ތަމްސީލުކުރަން އިންތިހާބު ކޮށްފައި ތިބޭ މެންބަރުން ދައްކާ ވާހަކައާއި، ވޯޓުލާ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. 

މިނޫންވެސް އެތައް ބައެއްގެ ފާޑުކިޔުންތައް ޕީއެސްއެމްއަށް އަމާޒުވެގެން ގޮސްފައިވާއިރު، މީގެ ކުރިން ޖަލްސާތައް މާ ބޮޑަށް ހޫނުވެ، އެތައް ފަހަރަކު މެދު ކަނޑާލަންޖެހުނު އިރުވެސް ޕީއެސްއެމުން ޖަލްސާތައް ލައިވް ކޮށްފައިވާކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެފަދަ އެތައް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ޕީއެސްއެމް އިން މިވަނީ އަނެއްކާވެސް ނިންމުން ބަދަލުކޮށް ޖަލްސާތައް ލައިވް ކުރަން ނިންމާފައެވެ. ނަމަވެސް އެ ނިންމި ސަބަބު ސާފުކުރަން "ވޮއިސް" އިން ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދަށް ގުޅިއިރު، ފޯނު ނިއްްވާލާފައި އޮތުމުން ބަހެއް ލިބޭ ގޮތެއް ނުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.