މަހިބަދޫ ދާއިރާގެ މެމަބަރު އަހްމަދު ޠާރިޤް
ހަބަރު
26 May 2023 | 15:18
ފަނޑިޔާރުގެތައް އިސްލާޙު ވެއްޖެއޭ ބުނީމަ ލަދުން މިތިބީ: ޠާރިޤް

ފަނޑިޔާރުގެތައް އިސްލާޙް ވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވާތީ ލަދުގަންނަވާ ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޠާރިޤް ޓޮމް ވިދާޅުވެއްޖެއެވެ.

ޠާރިޤް މިހެން ވިދާޅުވީ ރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޠާރިޤް ވިދާޅުވީ ފަނޑިޔާރުގެ އިސްލާޙު ކުރުމަކީ 2018 ވަނަ އަހަރު ރައީސް ޞާލިޙް ވެވަޑައިގެންނެވި ރިޔާސީ ވަޢުދެއް ކަމަށެވެ. އަދި އޭރު ފަނޑިޔާރުގެ އިސްލާޙު ކުރުމަށް ޖޭއެސްސީ އިސްލާޙު ކުރަން ޖެހޭ ކަމަށާއި، އަދި އެތަނުގެ ތެރޭގައި ސިޔާސީމީހުން ތިބުމުން އެކަން އިސްލާޙު ކުރައްވާނެ ކަމަށް  2018 ގައި ރައީސް ޞާލިޙް ވިދާޅުވިކަމަށް ޠާރިޤް ވިދާޅުވިއެވެ. ޠާރިޤް ވިދާޅުވީ ރިޔާސީ ވަޢުދުވެ ވަޑައިގެން އިރުވެސް ދިރާސާ އެއް ކުރައްވާފަ ހުރިހެން ހީނުވާ ކަމަށެވެ.

ޠާރިޤް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމު ތަކުގައި ފަނޑިޔާރުން އިސްލާޙު ކުރާ ތަންތަނުގެ ކަންކަން ކޮންމެވެސް ވަރަކަށް ބައްލަވައި ލެއްވި ކަމަށާއި، ގިނަ ޤައުމު ތަކުގައި ފަނޑިޔާރުން އިސްލާޙު ކުރާ  މުއައްސަސާގައި އުއްތަމަ ފަނޑިޔާރު ހިމެނޭކަމަށެވެ. ނަމަވެސް ރައީސް ޞާލިޙް ވިދާޅުވީ ފަނޑިޔާރުން އިސްލާޙު ކުރުމަށް އެއްވެސް ފަނޑިޔާރަކު ނުހުންނާނެ ކަމަށާއި، ތިން އަހަރުން ތިން އަހަރުން ބަދަލު ވާނެ ކަމަށެވެ.

"އެބީދައިން ބަލާފަ، އިސްލާހު ލައިފިން 3 ފަހަރު، ދައުުރު ނިމެން 3 މަސްދުވަހަށް ވީއިރު އެެއްވެސް އިސްލާާހެއް ހުށައަޅައިފައެއް ނުވޭ، އަޅުގަނޑު ތިން ފަހަރު މަތިން ލީ އިސްލާޙު ވަނީ މެޖޯރިޓީ ބޭނުންކޮށްގެން ބޭރުކޮށްލާފައި" ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ އެއިސްލާޙު ތަކަކީ ރާއްޖޭގެ ކުރީގެ ބަންްޑާރަ ނައިބުންނާއި ދާއިރާގެ ފުންނާބު އުސް ބޭފުޅުންގެ ޚިޔާލާ އެކު ހުށައެޅުނު އިސްލާހުތަކެއް ކަމަށެވެ. މިހާރު ފަނޑިޔާރުގެ އިސްލާޙު ވެއްޖެކަމަށް ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިކަމަށް ވިދާޅުވެ ޠާރިޤް ވިދާޅުވީ ރާއްޖޭގެ ދެބައިކުޅަ  އެއްބައި ރައްޔިތުން ތާއީދު ކުރާ ރައީސް ޔާމިނަށް ދަށުކޯޓުގައި މައްސަލައެއް، ހައި ކޯ ކޯޓުގައި މައްސަލައެއް ނުވިތާކަށް ޕީޖީގަވެސް މައްސަލައެއް އޮންނަ ކަމަށެވެ. 

އަދި ހުކުމް ކުރާ ކޮންމެ ފަނޑިޔާރަކު އެބަ ހައި ކޯޓަށް "ޖަމްޕު ޖަހާ" ކަމަށާއި، ހައިކޯޓުން ސްޕްރީމް ކޯޓަށް "ޖަމްޕު ޖަހާ" ކަމަށް ޠާރިޤް ވިދާޅުވިއެެވެ. ޠާރިޤް އިތުރަށް ވިދާޅުވީ ދަށު ކޯޓުަގައި ރައީސް ޔާމިނާއި ދެކޮޅަށް މައްސަލަ ބައްލަވާ ފަނޑިޔާރަށްވެސް، ރައީސް ޔާމިނާއި ދެކޮޅަށް ރަނގަޅު ޙުކުމެއް، ސަރުކާރުން ބޭނުންވާގޮތައް ޙުކުމެއް ޖަހައިފިއްޔާ ހައިކޯޓަށް ދެވޭނެ ކަށް އެނގޭ ކަމަށެވެ.

ޠާރިޤް ރޭގެ ޖަލްސާގައި، ޖޭއެސްސީ އިސްލާޙު ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވައުދުވެ، އެއަަށް ޢަމަލު ކުރައްވާފަައި ނުވާތީ  ވަރަށް ބޮޑަށް ފާޑު ކިޔުއްވައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.