މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު/ ފޮޓޯ: ވޮއިސް
ހަބަރު
27 May 2023 | 15:38
އެމްޑީޕީއަށް ބާރުލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިތުން ނުފިލާ ވަރުގެ ލަގާއެއް ދޭ: ސައީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިތުން ނުފިލާވަރުގެ ލަގާއެއް ދޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ބިއޮންޑް ނަމަކަށް ކިޔާ އެއާލައިނަކަށް ރާއްޖޭގެ ޤައުމީ ކެރިއާގެ ދަރަޖަ ދީފިކަމަށް އެ އެއާލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާ ހާމަކުރެއްވުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ވިޔަފާރީގެ ދާއިރާގެ ޕްރޮގުރާމުތައް ގެނެސްދިނުމަށް މަޝްހޫރު ރިޗާޑް ކުއެސްޓުގެ "ދަ ކުއެސްޓް މީންސް ބިޒްނަސް" ޕްރޮގުރާމުގައި ވާހަކަދައްކަމުން ޓަސްކިލާ ވިދާޅުވީ ރާއްޖޭގެ ޤައުމީ ކެރިއާގެ ދަރަޖަ ލިބުމުން، ރާއްޖެއަށް ފުލައިޓު އޮޕަރޭޓުކުރުމުގައި ޚާއްޞަ އިމްތިޔާޒުތަކަކާއި ޙައްޤުތަކެއް އެ އެއާލައިނަށް ލިބޭނެ ކަމަށެވެ.

އެ އެއާލައިނުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ އެއާލައިނަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ލަގްޒަރީ އެއާލައިން ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި ޤައުމީ ކެރިއާގެ ދަރަޖަ އެ އެއާލައިނަށް ލިބުމާއެކު، ބައިނަލްއަޤުވާމި ފުލައިޓުތައް ދަތުރުކުރަން ސަރުކާރުގެ ފަރާތުން އެހެން އެއާލައިންތަކަށް ނުލިބޭ އިމްތިޔާޒުތަކެއް ލިބޭނެެވެ.

އެކަމަށް އަލިއަޅުވާލައްވާ ސައީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މެގަމޯލްޑިވްސްގެ ނަމުގައި އުފެއްދި ކުންފުންޏަކަށް ނޭޝަަނަލް ކެރިއާ ސްޓޭޓަސް ދީފައިވާ ކަމަށެވެ. 

އޭގެ ސަބަބުން ޤައުމީ އެއާލައިންގެ ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެން ދިޔަކަން ސައީދު ފާހަގަކުރެއްވި އެވެ. 

އަނެއްކާ މިފަހަރުވެސް އެމްޑީޕީ ވެރިކަމަށް އައިސް ބޮއިންޑު ނަމަކަށް ކުރާ ކުންފުންޏަކަށް ރާއްޖޭގެ ޤައުމީ ކެރިއާގެ ދަރަޖަ ދީފައިވާއިރު، މިފަދައިން ހަދާ އެއްބަސްވުންތައް ސިއްރުކުރަމުންދާ ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ސައީދު ވިދާޅުވި އެވެ. 

"ބާރެއްހަމައަތުޖެހޭ ކޮއްމެފަހަރަކު ޤައުމުގެހަރުމުދަލާއި މާމަގެ ފައްޓަރުބައިވިއްކާފަ އަދި ނުވިތާކަށް ރައްޔިތުންހިތުންނުފިލާވަރުގެ ލަގާއެއްނުދީ މިމީހުން މައިތިރިނުވާނެ"

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު 

ސައީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މެގަ މޯލްޑިވްސްއަށް ދިން ސްޓޭޓަސް އަނބުރާ ގެނައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން ކަމަށެވެ. 

އަނެއްކާ އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހަމަ އެފަދަ ޖަރީމާތައް ހިންގަމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ހެޔޮނުވާ ސަބަބުތައްކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
ސައީދު ފިނިފެންމާ
ދެން ވެރިކަންދޭން ހެޔޮވާސަބަބު އެއޮތީ ވައްކަން ކޮށްގެން ޖަލަށްލާފަ ދޯ؟؟؟ އެކަހަލަ ވަގުނނަށް ވެރިކަންދޭށޭތަ ތިކިޔަނީ؟؟
27 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.