އިންޑިޔާގެ ރައީސް ދްރޯޕަދީ މުރްމޫ
ހަބަރު
28 May 2023 | 16:30
އިންޑިއާގެ އައު މަޖިލިސްކުރާ ގެ ހުޅުވާ ރަސްމިއްޔާތަށް ފާދިރީންނަށްވެސް ދައުވަތުދިން؛ ނުދިނީ އެގައުމުގެ ރައީސްއަށް

އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ އައުގެ ހުޅުވުމަށްބޭއްވި ރަސްމިއްޔާތަށް އެ ގައުމުގެ ހިންދޫ ފާދިރީންނަށްވެސް ދައުވަތު ދިންއިރު އެ ގައުމުގެ ރައީސް ދްރޫޕަދީ މުރްމޫ އަށް ދައުވަތު ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ. 

އިންޑިޔާގެ އައު މަޖިލިސްކުރާގެ ހުޅުވާފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. ހިންދޫ ދީނުގެ އެކި އަޅުކަންތަކާއިއެކު މަޖިލިސް ކުރާގެ ހުޅުވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. 

އައު މަޖިލިސްކުރާގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހިންދޫ ދީނުގެ ބޮޑެތި ގިނަ ފާދިރީންތަކަކަށް ދަޢުވަތު ދީގެން ކުރިއަށް ގެންދެވުނު އެ ރަސްމިއްޔާތު، މަޖިލީހުގެ އިދިކޮޅު 19 ޕާޓީގެ 100 އަށްވުރެ ގިނަ މެންބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. އޭގެ ސަބަބެއް ކަމުގައި އެ މެންބަރުން ވިދާޅުވަނީ، އެ ގައުމުގެ ރަސްމީ އެފަދަ ތަންތަން ހުޅުވުންފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން، އެ އިމާރާތް މޯދީ ހުޅުވުމަކީ މަޖިލީހުގެ ގަވާއިދާއި، އެ ގައުމުގެ ގާނޫނު އަސާސީއާއި ވެސް ޚިލާފް ކަމެއް ކަމުގައި އެ މެންބަރުން ވަނީ ބުނެފައެވެ.  

އަދި މޯދީގެ އެ ޢަމަލަކީ ޚުދުމުހުތާރު ޢަމަލެއް ކަމަށާ، "މަޖިލިސް ކުރާގެ ހުޅިވުމުގެ ރަސްމިއްޔާތުން ރައީސް މުރްމޫ އެކަހެރިކޮށް، މޯދީ އަމިއްލައަށް އެ އިމާރާތް ހުޅުވުމަކީ، ޑިމޮކްރަސީއަށްވެސް ކުރެވޭ މަލާމާތެއް ކަމަށްވާއިރު، ޑިމޮކްރަސީގެ ރޫހު، މަޖިލީހުން ބޭރުކުރުމުން، އައު އިމާރާތުގެ އެއްވެސް އަގެއް ނެތް" ކަމަށްވެސް އެ މެންބަރުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. 

އިދިކޮޅުގެ އެ ބަޔާނާއި ދެކޮޅަށް ބީޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ އިދިކޮޅު ޕާޓީތަކުގެ އެ އަމަލަކީ މަޖިލިސް ގެ ހުޅުވުމުގެ ރަސްމިއްޔާތު ސިޔާސީ ކޮށްލުމަށް ހިންގުނު އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. 

އިންޑިޔާގެ އައު މަޖިލިސްކުރާގެ

މީގެ އިތުރުންވެސް މަޖިލިސްކުރާގެ ހުޅުވުމުގެ އެ ރަސްމިއްޔާތާއި ގުޅޭ ގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސްގެ މެންބަރު ސްޕްރިޔާ ސޫލް ވަނީ، އެފަދަ ބޮޑު ރަސްމިއްޔާތެއް އިދިކޮޅުގެ މެންބަރުންގެ ޣައިރު ހާޒިރުގައި ބޭއްވުމަކީ ޑިމޮކްރަސީ އާއި މުޅިން ޚިލާފް ކަމެއްގެ ގޮތުގައި ބުނެފައެވެ. އަދި އިދިކޮޅާއި ނުލައި އެ ރަސްމިއްޔާތު ފުރިހަމަވެސް ނުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

މިރަސްމިއްޔާތުގައި ރައީސް ދްރޯޕަދީ މުރްމޫ ބައިވެރި ނުކުރި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، އެކަމަނާ ބައިވެރި ނުކުރީ ހިންދޫ ދީނުގެ ދީނީ ސަބަބަކާއި ހުރެ ކަމަށް ތުހުމަތު ކުރެވެއެވެ. އެގޮތުން ދްރޯޕަދީ މުރްމޫ އަކީ ޝެޑިއުލްޑް ޓްރައިބް ކޮމިޔުނިޓީ ނުވަތަ ދަލިޓް ގްރޫޕް ބޭކަނބަލެއް ކަމަށް ވުމުން، ބައިވެރިނުކުރީ ކަމަށް ތުހުމަތު ކުރެވެއެވެ. ހިންދޫ ދީނުގެ މީހުން، މައިގަނޑު ހަތަރު ފަންތިއަށް ބެހިފައިވާއިރު، ދަލިތުންނަކީ ދެވަނައަށް އެންމެ ދަށް ފަންތީގެ މީހުންނެވެ. އެމީހުންނަކީ ވޯކިންގް ކްލާސްއަށް ނިސްބަތްވާ މީހުންކަމުން، އޭގެ މަތީ ދެފަންތީގައި ހިމެނޭ މީހުން ދެކެނީ އެއީ ވަރަށް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައެވެ. އަދި އެފަދަ ގުރޫޕަކުން އަންނަ މީހަކު މަތީ މަގާމެއް އަދާކުރި ނަމަވެސް އޭނާގެ އެ ލޭބަލް އަބަދުވެސް އިނދެއެވެ. 

އެހެންކަމުން ދުރޯޕަދީ މުރްމޫ އަށްވެސް ހިންދޫ ފާދިރީން ހިމެނޭހެން ބޭއްވުނު މިރަސްމިއްޔާތަށް ދައުވަތު ނުދިނީ އެ ސަބަބާއި ހުރެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

އައު މަޖިލިސްކުރާގެ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ދްރޫޕަދީ އަށް ދައުވަތު ނުދިން ނަމަވެސް، އޭނާގެ ހާއްސަ މެސެޖު، މަޖިލީހުގެ ޑެޕިއުޓީ ޗެއާޕާސަން ވަނީ ޖަލްސާގެ ތެރެއިން އިއްވާފައެވެ. އެ މެސުޖުގައި ރައީސް ވަނީ މޯދީ އަކީ މަޖިލީހުގެ އިތުބާރު ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މޯދީ އެ އިމާރާތް ހުޅުވުމަކީ ރައީސް ވަރަށް އުފާކުރައްވާ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.