ރައީސް ޞާލިހު ބިލެއްދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2023 | 23:42
ބިލެއްދޫގެ މަޝްރޫއުތައް ނިމޭއިރު އިތުރު އިންވެސްޓުމަންޓުތަކަށް މަގުފަހިވެގެންދާނެ: ރައީސް ޞާލިހް

މި ސަރުކާރުން މިހާރު ބިލެތްދޫގައި ހިންގާ މަޝްރޫޢުތައް ނިމިގެންދާއިރު ބިލެތްދޫގައި ރައްޔިތުންނަށް އިތުރު އިންވެސްޓްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ބިލެތްދޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ފުރިހަމަވެގެންދާއިރު، ރަށުގައި ތިބެ މަސައްކަތްކޮށް އިތުރު އިންވެސްޓްތައް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް، އެކަންކަމުގެ ސަބަބުން އެކި ފުރުޞަތުތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ބިލެތްދޫ އާއި ދާދިގާތުގައި މަގޫދޫގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އެއަރޕޯޓުގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެ ކަމަށެވެ. އަދި ފ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށާއި، ރައްޔިތުން ވިސްނާ އެކަމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން އެފަދަ މަޝްރޫޢުތަކަށް އަމާޒުކޮށްގެން ލުއިލޯނުތަކެއް ދޫކުރަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް އެފަދަ މަސައްކަތްތަކަށް އިންވެސްޓުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. 

"އެއަރޕޯޓެއް، އެއަރޕޯޓެއްގެ ގޮތުގައި ހިންގޭނީ، އެއާ ގުޅިފައި ހުރި އެހެން ކަންތައްތައް ކުރެވިގެން. އެހެންވީމާ، މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ބިލެތްދޫ ކަމަށްވިޔަސް، މަގޫދޫ ކަމަށްވިޔަސް، ފީއަލިވިޔަސް، ނިލަންދޫ ކަމަށްވިޔަސް، އެ ހުރިހާ ރަށެއްގައި މި މަސައްކަތް ފަށައިގެން ގެންދިޔުމަކީ އަޅުގަނޑުގެ އިލްތިމާސެއް"

ރައީސް ޞާލިހު

ރައީސް ޞާލިހުގެ ވާހަކައިގައި ވަނީ ރަށްތަކުގެ ތަރައްގީއަށް ފެނަކަ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން މުޅި ރާއްޖޭގައި ފެނަކައިން މިހާތަނަށް، 61 އޮފީސް ޢިމާރާތާއި 48 އިންޖީނުގެ ޢިމާރާތްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބިލެއްދޫ ފެނަކަ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ބިލެތްދޫގައި ހިންގަމުންދާ މަޝްރޫޢުތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތައް ވެސް ހާމަކުރައްވާފައެވެ.

އެގޮތުން ބިލެތްދޫގެ ބަނދަރުހެދުމުގެ މަޝްރޫޢާއެކު ބިންހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެކަމަށާއި، ސެލްފް ސަރވިސް އޭޓީއެމް ބަހައްޓާ 10 ރަށުގެ ތެރޭގައި ބިލެތްދޫ ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

"ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ހަލުވިކަމާ އެކުގައި މި ރަށުގައި އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށް އެބަދޭ. މި ދެކަންތައް ނިމުމުން، ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ. އަދި އޭގެއިތުރުން، ރަށުގައި ތިބެ މަސައްކަތް ކުރުމަށް، އިތުރު އިންވެސްޓް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ"

ރައީސް ޞާލިހު

ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ އޮފީސް ޢިމާރާތް ބައްލަވާލައްވާފައެވެ.

ބިލެތްދޫގައި ކުރިން ހުރި 24 އަހަރުވީ އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ނަމަވެސް އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ.

އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ.

އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ މިހާރުވަނީ ތަނަވަސް ކުރެވިފައެވެ.

ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ހުޅުއްވައި ދެއްވައި ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ސޮއެކުރައްވާފައެވެ. 

ފ. ބިލެތްދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލަކީ، މި ދައުރުގައި ޢިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕަރޕަސް ހޯލެވެ.

މި ދައުރުގަ މިހާތަނަށް އައިއިރު ތަޢުލީމީ ދާއިރާގައި މަދަރުސާ ތަކަށް ޢުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު 247 މަޝްރޫޢު ދަނީ ހިންގެމުންނެވެ. އޭގެ ތެރޭގައި ޖުމްލަ 1716 ކްލާސްރޫމާއި، 92 މަލްޓިޕާރޕަސް ހޯލާއި 563 އެހެނިހެން ޢިމާރާތްތަކުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

މި ކަންކަމަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގައި މިހާރު ހިންގޭ މަޝްރޫއުތައް ނިމުމާއެކު އިންވެސްޓުކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި ފ އަތޮޅުގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް ނިމޭއިރު، އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރައީސް ޞާލިހު ފ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ އެރަށުގެ ހުރިހާ ރަށަކަށް ވަޑައިގެން ސަރުކާރުގެ ބައެއް މަޝްރޫއުތައް އިފތިްތާހުކޮށްދެއްވާފަ އެވެ. އޭގެ އިތުރުން ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރައްވާ މިހާރަށް ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުތައް ހޯއްދަވާފަ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާއިރު، މި ދަތުރުފުޅުގެ ސަބަބުން އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.