މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް
31 May 2023 | 14:20
އަމިއްލަ ދިފާއުގައި ވާހަކަދައްކަން މަޖިލީހަށް ނާދެވުނު މީހަކަށް ޤައުމު ދިފާއުނުކުރެވޭނެ: ނަޝީދު

އަމިއްލަ ދިފާއުގައި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނުކުރުނު މީހަކަށް ޤައުމުގެ ދިފާއުގައި ވަކާލާތުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގަތުމަށް ތާވަލުކޮށްފަ އެވެ. އެހެން ނަމަވެސް ހާޒިރުވެވަޑައިނުގެން ބަންޑާރަނައިބުވަނީ ލިޔުމެއް މަޖިލީހަށް ފޮނުއްވާފައެވެ. 

އެއާއެކު ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީވެލައްވަން ޖެހިވަޑައިގަންނަވާ ގޮތާއި ގުޅިގެން މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ޙައްލު ނުކުރެވުމުން ރިޔާސަތުން ވަނީ އެ މައްސަލަ މަޑުޖައްސާ ސުޕްރިމް ކޯޓުގެ ލަފާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. 

އެ މައްސަލައަށް އިޝާރާތްކުރައްވައި މޮސްޓާ ވިދާޅުވީ، ޤާނޫނު އަސާސީގައި އޮތީ ރިފްއަތު ގެންނާކަށް ނޫން ކަމަށާއި، އޮތީ ބަންޑާރަނައިބު ގެންނަން ކަމަށެވެ.

ގާނޫނު އަސާސީގައި އޮތީ އިބްރާހީމް ރިފްޢަތު ގެންނާކަށެއް ނޫން. ގާނޫނު އަސާސީގައި އޮތީ ބަންޑާރަ ނައިބު ގެންނަން. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ހޮވާފައިތިބި 87 މެންބަރުންގެ ކުރިމައްޗަށް އަންނަން ނުކެރޭ މީހެއް، ކިހިނެއްތޯ ގައުމު ދިފާއު ކުރަން އެހެން ތަނެއްގައި ވާހަކަ ދައްކަން ކެރޭނީ. މިތަނަށް އައިސްފައި އަމިއްލަ ދިފާއުގައި ވާހަކަދައްކަން ނުކެރުނު މީހަކަށް ގައުމުގެ ދިފާއުގައި ކުރެވޭނެ ކަމެއް ނޯންނާނެ. 

މެންބަރު މުހައްމަދު ނަޝީދު

މޮސްޓާ ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަނީ އަނގަބަހުން ނުވަތަ ލިޔުމުން ޖަވާބުދާރީވުމަށް ނޫން ކަމަށް، އޭގައި އޮންނަނީ "އަނގަބަހުންނާއި، ލިޔުމުން" ކަމަށެވެ. އަދި ދެ ގޮތުން ކުރެ ވަކި ގޮތެއް އިޚުތިޔާރުކުރާނަމަ "ނުވަތަ" ޤާނޫނީ ނައްސުގައި އޮންނަކަންވެސް މޮސްޓާ ފާހަގަކުރެއްވިއެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ، މަޖިލީހަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ތަނެއް ކަމަށާ، އަދި އެމްޑީޕީން ބޭނުން ގޮތަށް މީގެ ކުރިންވެސް މަޖިލީހުގެ މެންބަރުން ވަކިކޮށްފައިވާ ކަމަށެވެ. އެހެންކަމުން، "ބޮޑު ތަނެއް ވިއްކާލުމަށްފަހު" އެކަމާއި ދެކޮޅަށް ރައްޔިތުން ބޮޑު ހިނގާލުމަކަށް ނުކުންނަން ތައްޔާރުވެފައިވަނިކޮށް އަމިއްލަ ދިފާއުގައި ޖަވާބުދާރީ ވުމަށް ރިފްއަތު އަށް މަޖިލީހަށް ނާދެވެންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.  

މިއާއެކު މޮސްޓާ ވިދާޅުވީ، ބަންޑާރަނައިބުގެ މަޤާމުގައި ހުންނަވާކަމަށްވާނަމަ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. އެފަދައިން ކަން ނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށްވެސް މޮސްޓާ ވަނީ ގޮވާލާފައެވެ. 

މީގެ ކުރިންވެސް އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް ރިފްއަތު ލަފާދެއްވާފައިވާ ކަން ފާހަގަކުރައްވައި މޮސްޓާ ވިދާޅުވީ ސިނގެރެޓު ކޮންޓެއިނަރެއްގެ ކަންތަކުގައިވެސް އަމިއްލައަށް ފައިދާ ލިބޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ.

މޮސްޓާވަނީ ރިފްއަތަކީ ޤާނޫނަކީ ކޯއްޗެއްކަން އެނގިވަޑައިގަންނަވާ ބޭފުޅެއްނޫންކަމަށް ވިދާޅުވެ އޭނާ އެ މަޤާމުގައި ބަހައްޓަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން އޭނާ މިއަދުން މިއަދަށް އިސްތިއުފާދެއްވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.