ރިޔާސީ އިންތިހާބުގައި ޔާމީނުގެ ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖެއްސުން -- ފޮޓޯ/ ޕީޕީއެމް
ހަބަރު
01 Jun 2023 | 05:55
ރިޔާސީ އިންތިހާބުގައި ޔާމީނުގެ ކެމްޕޭން މެނޭޖަރަކަށް އަމީން

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ ކެމްޕޭން މެނޭޖަރަކަށް ކެޕްޓަން މުހައްމަދު އަމީން ހަމަޖައްސަވައިފިއެވެ.

އަމީންއަށް މެނޭޖަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ)އެވެ.

ރައީސް ޔާމިނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭން ނިންމާފައިވަނީ އެ ޕާޓީގެ ޖޮއިންޓު ކައުންސިލްގެ އިއްތިފާގުންނެވެ. އެފަހުން ބޮޑު ހަފްލާއެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށްތައް ތަމްސީލުވާގޮތަށް މަންދޫބުންގެ އަތްޕުޅުން ރައީސް ޔާމިނަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފަ އެވެ. 

އެހެން ނަމަވެސް މިވަގުތު އެމަނިކުފާނު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ އާރަށުގެ މުއާމަލާތާއި ގުޅުވާ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމެވެ. 

އެ ހުކުމް މިހާރު ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ކެމްޕޭނު ކުރުމުގެ ފަހި ފުރުސަތެއް ލިބިގެންދާނެކަމަށް ގާނޫނީ ޓީމުން ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ