މާލޭގައި ދުއްވާ ޓެކްސީ---ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ހަބަރު
04 Jun 2023 | 06:12
ފުލުހުން އޮޅުވާލީ، 150,000 ރުފިޔާގެ ތަކެތި ހިފައިގެން އަމިއްލައަށް ފުލުހަށް ގުޅިން: ޑްރައިވަރު

ކާރަކަށް އެރުވި ދޮޅު ލައްކަ ރުފިޔާގެ ސާމާނު ވެރިފަރާތަށް ނުލިބިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އެތަކެތި ހޯދައި ވެރިފަރާތަށް ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނުމަކީ އޮޅުވާލުން ކަމަށާއި، ތަކެތި އަތުގައި ހުރިކަމަށް އަމިއްލައަށް ރިޕޯޓު ކޮށްފައިވާނެ ކަމަށް ކާރުގެ ޑްރައިވަރު ބުނެފިއެވެ.

ހުކުރު ދުވަހު ފުލުހުން ކުރި ޓްވީޓެއްގައި، ބުރާސްފަތި ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން މާފަންނުގެ ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު އެ ޓެކްސީ ދެނެގަނެ، އެތަކެތި ހޯދުމަށްފަހު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކާރުގެ ޑްރައިވަރު މުހައްމަދު ހުސައިން "ވޮއިސް" އަށް ބުނީ ފުލުހުން ޓުވީޓު ކޮށްފައިވާ ގޮތުން ޑްރައިވަރު ވަރަށް ބޮޑަށް ބަދުނާމުވާ ކަމަށާއި، އެކަމާ ގުޅިގެން އިއްޔެވެސް އެއްވެސް ވަރަކަށް ކާރަށް ނާރާ ކަމަށެވެ.

މުހައްމަދު ބުނީ، ހާދިސާ ހިނގި ދުވަހުގެ ހަވީރު 4 ޖެހި ފަހުން އެއާޕޯޓް ޓެސްކީ ކިއުއިން ދަތުރެއް ނެގި ކަމަށާއި، ކާރަށް އެރުވީ ދެ ފޮށިގަނޑު ކަމަށެވެ. އަދި ފޮށިގަނޑު އެރުވި މީހާ ބުނީ ބިސްބުރު ކައިރިއަށް އެ ތަކެތި ގެންގޮސް ދިނުމަށް ކަމަށާއި، އެތަނުން މީހަކު ހަވާލު ވާނެ ކަމަށެވެ.

"ދެފަރާތުން ކުރެ ފަރާތަކުން ނަންބަރެއް ބަދަލެއް ނުކުރަން. އަޅުގަނޑުވެސް ޑަންލާފަ ނައްޓާލީ، ނައްޓާލާފަ އެ އައިގޮތަށް އައިސް ބިސްބުރު ކައިރީ އެބުރުނުއިރުވެސް (އެބުނާ) މީހަކު ނުފެނުނު" ހާދިސާ ކިޔައިދެމުން މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ، އެފަރާތުން ނަންބަރު ބަދަލު ނުކުރުމަކީ މިކަންތައް ދިމާވުމަށް މެދުވެރިވި ސަބަބު ކަމަށެވެ.

ބިސްބުރު ކައިރިން ދެތިންބުރު ޖެހުމުންވެސް އެއާ ހަވާލުވާ މީހާ ނުފެނުމުން، 5:34 ހާއިރު ކާރު ޕާކުކޮށް، ފުލުހުންނަށް ގުޅި ކަމަށް މުހައްމަދު ބުންޏެވެ. އަދި ހާދިސާ ކިޔައިދީ، ދެ ފޮށިގަނޑު ހުރި ވާހަކައާއި، އެފަރާތުން ތަކެތި ނުފެނިގެން ހޯދާނަމަ ގުޅައިދިނުމަށް އެދި ފުލުހަށް އަމިއްލަ ނަންބަރު ދިން ކަމަށް މުހައްމަދު ބުންޏެވެ.

އަދި ޓެކްސީ ދުއްވާ އެކުވެރި ޕޮލިހެއްގެ އެހީގައިވެސް ފުލުހާ ވާހަކަ ދެއްކި ކަމަށާއި، ރަހުމަތްތެރިޔާ ޕޮލިސް ސްޓޭޝަނަށް ގުޅައިގެން އުޅުމުގެ ތެރޭގައި، މުހައްމަދު އަތަށް ފޯނުދިނުމުން، މާފަންނު ޕޮލިސް ސްޓޭޝަނަށް ދާން ފުލުހުން ބުނި ކަމަށް މުހައްމަދު ކިޔައިދިނެވެ. އެހެންކަމުން ދިޔަގޮތަށް މާފަންނު ޕޮލިސް ސްޓޭޝަނަށް ދިޔައިރު ތަކެތީގެ ވެރިފަރާތްވެސް ސްޓޭޝަންގައި ހުރި ކަމަށް މުހައްމަދު ބުންޏެވެ.

އެތަނުން ފުލުހުން ފޮށިތަކުން ފޮޓޯ ނެގުމުން، ތަކެތީގެ ވެރިފަރާތާއެކު މުދާ ފިހާރައަށް ގެންގޮސްދިން ކަމަށް މުހައްމަދު ބުންޏެވެ. އަދި އެއްޗެއް މަދުވެއްޖެނަމަ ޒިންމާވާނެ ކަމަށްބުނެ ނަންބަރު ބަދަލުކުރި ކަމަށް މުހައްމަދު ބުންޏެވެ.

އެރޭވެސް މުދަލުގެ ވެރިފަރާތަށް ގުޅި ކަމަށާއި އަދި މުދާ ހަމަކަން ޔަގީންކުރި ކަމަށް މުހައްމަދު ބުންޏެވެ.

އޭގެ އަނެއް ދުވަހު، 'ފުލުހުން ޓެކްސީ ޑްރައިވަރު އަތުލި ކަމަށް' ބުނެ ނޫސްތަކުގައި ހަބަރު ފެތުރު ކަމަށާއި، ވެގެން އުޅޭގޮތް ބެލިއިރު އެއީ އެކަމާ ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓަކަށް ހަދާފައިވާ ހަބަރުތަކެއްކަން އެނގުނު ކަމަށް މުހައްމަދު ބުންޏެވެ.

"މާ ފަހުން މި އެނގުނީ، މިމީހުން މީތި ހަދާފަ މިހިރީ، އެއްކަލަ މި މީހުން މީތި ހޯދިކަމަށް ކަން. ދެން ފުލުހަށް ގޮސް ބުނިން ކީއްވެހޭ އަޅުގަނޑު ގުޅާފަ އޮއްވާ ކޮން މައްސަލައެއްހޭ ޖެހުނީ. ވީގޮތް ކިޔާދިނީމެއްނޫންހޭ. ބުނީމަ އޭނަ (ފުލުސް) ބުނަނީ ކާކަށްހޭ ކިޔާދިނީ. މާފަންނު ޕޮލިހުން މިބުނަނީ މަގޭ ކައިރީގަ. ދެން މަ ފޯނުގެ ހިސްޓްރީ ދައްކާފަ ބުނީ މިއޮތީގޭ ގުޅި ގަޑިވެސް މިއޮތީއޭ ދެއްކި ވާހަކައިގެ ވަގުތުވެސް، ދެ މިނިޓް ދެ ސިކުންތު ވަންދެން، ފުރަތަމަ 17:34 ގަ" މުހައްމަދު ބުންޏެވެ.

ނަމަވެސް އެކަން ކޮމާންޑް ސެންޓަރުން އަންގާފައި ނުވާކަމަށް މާފަންނު ޕޮލިސް ސްޓޭޝަނުން ބުނި ކަމަށް މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ ފުލުހުންގެ އިހުމާލުން ޓެކްސީ ޑްރައިވަރުންގެ އަގުވައްޓާލީ ކަމަށާއި މިކަމުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. 

މިކަމާ ގުޅިގެން ފުލުހުންގެ ބަސް ހޯދުމަށް ކުރި މަސައްކަތުން ފުލުހުންގެ ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.