މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
09 Jun 2023 | 17:59
މަޖިލީހުގެ ޤާނޫނީ ބާރު އަނބުރާ މަޖިލީހަށް ރުޖޫޢަ ވާންޖެހޭ: ޝަރީފް

މަޖިލީހުގެ ޤާނޫނީ ބާރު އަނބުރާ މަޖިލީހަށް ރުޖޫޢަ ވާންޖެހޭ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރައްވާފައިވާ ޓްވީޓް ތަކެއްގައެެވެ.

"ޤާނޫން އަސާސީ އެބަ ދަމަހައްޓަންޖެހޭ، މަޖިލީހުގެ ޤާނޫނީ ބާރު މަޖިލީހަށް އަނބުރާ ރުޖޫޢަ ވާންޖެހޭ، މިމައްސަލަ ސުޕުރީމް ކޯޓަށް ހުށައަޅާ ރައީސް ނަޝީދު ޤާނޫނާއި ޚިލާފަށް މަޖިލިސް ހައިޖެކް ކުރައްވާފައި އޮތް އޮތުން ނިމުމަކަށް ގެންނަން އެބަޖެހޭ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ އެއްބާރު ހައިޖެކް ކުރުމުގެ ފުރުސަތު މީހަކަށް ދެވިގެން ނުވާނެ ކަމަށެވެ. ޤާނޫނުގެ ވެރިކަން އަދި ޤާނޫނު އަސާސީ ދެމެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މަޖިލިސް މިވަނީ ރައީސް މުޙައްމަދު ނަޝީދު ޤާނޫނާއި ޚިލާފަށް ހިސޯރުކޮށްފަ، 54 މެމްބަރުން އިތުބާރު ނެތް ކަމަށް ހުށައެޅުމުން ވޯޓަކަށް ގެންދިޔަ ނުދީ، އިދާރީ މުވައްޒަފުން ބޭނުން ކުރައްވައިގެން ކުޅުއްވާ ޑްރާމާ އިން ވަނީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައިފައި" ޝަރީފް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ ދަމަހައްޓައި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ މުޅި ދައުލާތާއި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާއި މަޖިލިސް ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ރައީސް ނަޝީދު ޤާނޫނާއި ޚިލާފަށް މަޖިލިސް ހެކްކޮށްފައި އޮތް އޮތުމަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރުމަށް ބުދަ ދުވަހު ވަނީ މަޖިލީހަށް ހުށައަޅައިފައެވެ.

ފާއިތުވި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގޮސްފައިވަނީ ނިޒާމާއި ބެހޭ ނުކުތާތައް ނެގުމުގައެެވެ. މަޖިލިސް ހޫނުވެ ނިޒާމް ގެއްލިގެން މަޖިލިސް ހުއްޓައިލި ވަގުތުތައްވެސް ދިޔައެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ