މަޖިލިސް އެސްޖީ ފާތިމަް ނިއުޝާ--ފޮޓޯ: ސަން
ހަބަރު
09 Jun 2023 | 14:16
މަޖިލީހުގެ އަމީންއާމާއެކު ނަޝީދު އެކުރަނީ ބަޣާވާތެއް: އިބްރާހިމް ޝަރީފް

މަޖިލީހުގެ އަމީންއާމާއެކު މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކުރައްވަނީ ބަޣާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސްއާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ އެކަމާ ނުރުހުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ވިދާޅުވީ، ނަޝީދު ގާނޫނާ ހިލާފަށް މަޖިލިސް ހިސޯރު ކޮށްފައިވާ ކަމަށެވެ.

"54 މެމްބަރުން އިތުބާރުނެތް ކަމަށް ހުށައެޅުމުން ވޯޓަކަށް ގެންދިޔަ ނުދީ އިދާރީ މުވައްޒަފުން ބޭނުން ކުރައްވައިގެން ކުޅުއްވާ ޑްރާމާއިން ވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފަ" މަވޯޓާ ވިދާޅުވިއެވެ.

ގާނޫނުއަސާސީ ދަމަހައްޓަން ޖެހޭކަން ފާހަގަ ކުރައްވައި މަވޯޓާ ވިދާޅުވީ މަޖިލީހުގެ ގާނޫނީ ބާރު މަޖިލީހަށް އަނބުރާ އުޖޫއަވާން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ ސުޕްރިމްކޯޓަށް ހުށަހަޅައި، ގާނޫނާ ހިލާފަށް ނަޝީދު މަޖިލިސް އައިޖެކްޓް ކުރައްވާފައި އޮތް އޮތުން ނިމުމަކަށް ގެންނަން އެބަ ޖެހޭ ކަމަށް މަވޯޓާ ވިދާޅުވިއެވެ.

"ދައުލަތުގެ އެއް ބާރު ހައިޖެކްޓް ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެން ނުވާނެ. ގާނޫނުގެ ވެރިކަން އަދި ގާނޫނު އަސާސީ ދެމެހެއްޓުމަކީ މުޅި ދައުލަތުގެ ޒިންމާއެއް" މަވޯޓާ ވިދާޅުވިއެވެ.

ގާނޫނާ ހިލާފަށް ނަޝީދު މަޖިލިސް ހައިޖެކްޓް ކޮށްފައި އޮތުމަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް މަވޯޓާ ވިދާޅުވިއެވެ.

މީގެ އިތުރުން މަވޯޓާ ވިދާޅުވީ ދައުލަތުގެ އެއް ބާރު ގާނޫނާ ހިލާފަށް މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބޭނުން ކޮށްގެން ނަޝިދު މަޖިލިސް މަރުތަޅު އަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަކީ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.

އެކަން ކުރި އެންމެނަށް ޖިނާއީ ދައުވާ ކުރަން ޖެހޭނެ ކަމަށް މަވޯޓާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ