ޕޯސްޓަރ-- އުރީދޫ
ވިޔަފާރި
10 Jun 2023 | 12:48
ރޯމިންގް ރޭޓް ތަކުން %90 އާއި ހަމައަށް ޑިސްކައުންޓްއާއި އެކު އުރީދޫ ހައްޖު ސިމް އަދި ސައުދީ އައިޑީޑީ ޕެކް!

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އެގޮތުން، އުރީދޫއިން ބުނީ، އޭގެ ތެރޭގައި, ރޯމިން ރޭޓުން %90 ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް – ހައްޖު ސިމް އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކް ހިމެނޭ ކަމަށެވެ. 

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނާއި ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

"ހައްޖު ސިމް އަދި ސައުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ރައްޖޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ރޯމިން ރޭޓުން 90 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބުމަކީ ހަމަ ޔަގީނުން ވެސް ކަސްޓަމަރުންނަށް އިތުރު ހާސްކަމެއް ނެތި ހެޔޮ އަގެއްގައި ދަތުރުވެރިންނަށާއި އެބޭފުޅުންގެ އާއިލާއަށް އާއިލާ ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށް އަދި ފޯނުންވެސް ގުޅާލެވޭނެއެވެ. މި އަހަރު ހައްޖަށް ފުރާވަޑައިގަންނަވާ ހުރިހާ ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދެން." އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ. 

ސައުދީ އައިޑީޑީ ޕެކް

އުރީދޫން ބުނީ، ސައުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިއްބަވާ ހައްޖުވެރިންގެ އާއިލާ އާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބޭނެ ކަމަށެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައްލަވައިގަނެވޭ މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ "SD150" ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރުމުން ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޙައްޖު ސިމް

ހައްޖުވެރިންނަށް ހާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ ސިމް މިހާރު ގެންގުޅުއްވާ ސިމް ކާޑު ހައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ތަކުން އަޕްގްރޭޑް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އުރީދޫން އިތުރަށް ބުނީ, ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

އަދި 6#*929* އަށް ގުޅައިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެ ކަމަށާ، ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ. އުރީދޫން ބުނީ ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ހުރިހާ ޙައްޖާޖީންނަށް ބަރަކާތްތެރި އަދި މަބްރޫރު ޙައްޖަކަށް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.