ރާއްޖޭގެ އެގްރިކަލްޗާ މިނިސްޓަރު އަދި ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓަރު---ފޮޓޯ: ސަންގު
ހަބަރު
11 Jun 2023 | 12:21
ލަންކާގެ 50000 ރުއް އިންދައިދިނުމަށް ރާއްޖެއިން އެދިއްޖެ

ދިވެހިރާއްޖޭގައި ސްްރީލަންކާގެ ކޮކޮނަޓް ރިސާޗް އިންސްޓިޓިއުޓް (ސީއާރްއައި) ގައި އުފައްދާ މަތީ ފެންވަރުގެ "ހައިބްރިޑް" ރުކުގެ 50000 ރުއް އިންދައިދިނުމަށް ރާއްޖެއިން އެދިއްޖެއެވެ.

އެގޮތުން ސްރީލަންކާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ގައުމުގެ އިންޑަސްޓްރީޒް އެންޑް ޕްލާންޓޭޝަން މިނިސްޓަރ ޑރ. ޕަތިރަނާގެ އަރިހުން މި ފަދައިން އެދިފައިވަނީ ރާއްޖޭގެ އެގްރިކަލްޗަރަލް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

އަދި މިނިސްޓަރ ރަޝީދު މިފަދައިން އެދިފައިވަނީ ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ހާއްސަ ބައްދަލުވުމެއްގައި ދެ މިނިސްޓަރ ބައްދަލުވުމުން ކަމަށް އެ ޚަބަރުގައި ވެއެވެ.

އެގޮތުން ސްރީ ލަންކާގެ އިންޑަސްޓްރީޒް އެންޑް ޕްލާންޓޭޝަން މިނިސްޓަރ ޑރ. ޕަތިރަނާ މިކަމާއި ގުޅިގެން ވިދާޅުވެފައިވަނީ ސީއާރްއައި އާއި ކޮކޮނަޓް ކަލްޓިވޭޝަން ބޯޑުގެ މަޝްވަރާއާއިއެކު މިކަމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިއާއިއެކު މުސްތަގްބަލުގައި ކާށިއާއި ކާށީގެ މައްޗަށް ބިނާވާ ސިނާއަތްތައް އެ ގައުމުގެ ސައި ފަތް ވިޔަފާރިއަށް ވުރެ ކުރިއަރައި ދިޔުމުގެ ގާބިލްކަން ހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެގްރިކަލްޗަރަލް މިނިސްޓަރ ފާހަގަކުރައްވާފައިވަނީ މިވަގުތަށް ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށް ބޭނުންވާ ކާށީގެ އުފެއްދުންތައް އެތެރެކުރަނީ އިންޑޮނޭޝިއާއިން ކަމަށެވެ.

އަދި މިނިސްޓަރ ވަނީ ސްރީލަންކާގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެއްބާރުލުން ރާއްޖެއިން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.