ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މުޒާހަރާ ކުރަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Jun 2023 | 23:22
ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހުއްޓުވަނީ ސަރުކާރުގެ އޯޑަކަށް، އިދިކޮޅުގެ އަޑު ކަނޑުވާލަން: އިދިކޮޅު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދާ ސުލްޙަވެރި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ބައިވެރިންގެ މުދަލަށް ގެންލުން ދެމުންދާ ކަން ފާހަގަކޮށް އެކަން އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި އެވެ. 

އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ ސުލްޙަވެރި އިހްތިޖާޖުގެ ތެރެއަށް ފުލުހުންވަދެ ވަރަށް އަނިޔާވެރި ކަމާއެކު ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މިހާތަނަށް  ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިޖްތިޖާޖުގެ ބައިވެރިން އަޑު އުފުލުމަށް ބޭނުންކުރި މުދަލަށް ގެއްލުންދީ އޭގެތެރެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ އެ ޢަމަލު މި ކޯލިޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވަނީ އެ ކޯލިޝަނުން ކުރިއަށް ގެންދާ ސުލްޙަވެރި އިހްތިޖާޖުތަކަކީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އެހެން ނަމަވެސް ފުލުހުންގެ ޤާނޫނާ ވެސް ޚިލާފަށް ސިޔާސީ ފަރާތްތަކުގެ އަމުރަށް މި އިހްތިޖާޖުތައް ހުއްޓުވާ ކޮންމެ ރެއަކުވެސް އެތައް ބަޔަކު ހައްޔަރުކޮށް އަނިޔާކުރަމުންދާކަމަށާއި، އެއީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިދިކޮޅުގެ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުމަކީ ވާދަވެރިންގެ އަޑު ކަނޑުވާލާ ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން އަންގައިގެން ކުރަމުންދާ ކަންކަމުގެ ގޮތުގައި އެ ކޯލިޝަނުން ވަނީ ސިފަކޮށްފަ އެވެ.

އަދި އެއީ ފުލުހުން ކުރަމުންދާ ޣައިރު ޤާނޫނީ އަމުރުގެ ތެރެއިން ހިންގާ ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލުތަކެއްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. 

އެކަން ކަން ފާހަގަކޮށް އިދިކޮޅުން ބުނީ މިކަންކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަޙްޤީޤުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި އިހްތިޖާޖުތައް ކުރިއަށްދާއިރު ހިއުމަންރައިޓްސް ކޮމިޝަނާއި ޓްރާންސްޕެރެންސީ މޯލްޑިވްސް ފަދަ މުއައްސަސާތަކުން ފުލުހުންގެ ޢަމަލުތައް މޮނިޓަރ ކުރުމަށްވެސް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން ސުލްހަވެރި ކަމާއެކު ކުރިއަށްދާ އިހްތިޖާޖުގެ ތެރެއިން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި މީހުން ހިފާ ހައްޔަރުކޮށް ހައްޔަރީންނަށް އަނިޔާ ނުކުރުމަށްވެސް އިދިކޮޅުން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.